މިއުޒިޝަން ޔޫނިއަންގެ އައު ހިންގާ ކޮމެޓީ އިންތިހާބުކުރުން އަންނަމަހު

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ހަތަރުވަނަ އަހަރީ އާންމު ޖަލްސާ އަންނަމަހު ބޭއްވުމަށް ނިންމައިފި އެވެ. އެ ޔޫނިއަން އިން ބުނީ މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ނޮވެމްބަރ މަހުގ...

26 Oct 2022 | 11:27

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ހަތަރުވަނަ އަހަރީ އާންމު ޖަލްސާ އަންނަމަހު ބޭއްވުމަށް ނިންމައިފި އެވެ.

އެ ޔޫނިއަން އިން ބުނީ މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ނޮވެމްބަރ މަހުގެ ފަހު ހަފުތާގެ ތެރޭގައި ކަމަށެވެ.

އެހެންނަމަވެސް ޖަލްސާ ބާއްވާނެ ތާރީޚާއި ގަޑި ނިންމާނީ ޔޫނިއަންގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ވަނީ ބުނެފަ އެވެ.

އެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ ދައުރަކީ ދެ އަހަރު ދުވަހެވެ. އަދި ހިންގާ ކޮމިޓީގެ ހުރިހާ މަގާމަކަށް ވެސް އިންތިހާބު ކުރުމަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޔޫނިއަން އިން ބުނެއެވެ.

ހިންގާ ކޮމިޓީގެ މަގާމުތަކަކީ ރައީސް، ނައިބު ރައީސް، ޚަޒާންދާރު، އަމީން ޢާންމު އަދި ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ އެވެ.

މިއުޒިޝަން ޔޫނިއަން އިން ބުނީ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ޝައުގުވެރިވާ މެމްބަރުންގެ ނަންތައް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންތިހާބުގައި ބައިވެރިވާން ޝައުގުވެރިވާ މެމްބަރުން ކުރިމަތިލާން ބޭނުންވާ މަގާމު ފާހަގަކޮށް އެމް.ޔޫ.އެމްގެ އީމެއިލް އެޑްރެސް [email protected] އަށް 26 ނޮވެމްބަރގެ ކުރިން އީމެއިލް ކުރުމަށް އެ ޔޫނިއަން އިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް