ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެމެރިކާގައި ދުވާލަކު 1300 މީހުން މަރުވޭ

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރިމަތިވާ ބަލިމަޑުކަމުގެ މައްސަލަތަކަކީ ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ސިއްހީ ނުރައްކަލެވެ، އަހަރަކު 8 މިލިއަނަށްވުރެ ގިނަ މީހުން މަރުވާ...

26 Oct 2022 | 06:38

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރިމަތިވާ ބަލިމަޑުކަމުގެ މައްސަލަތަކަކީ ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ސިއްހީ ނުރައްކަލެވެ، އަހަރަކު 8 މިލިއަނަށްވުރެ ގިނަ މީހުން މަރުވާއިރު، އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ގާތްގަނޑަކަށް 1.2 މިލިއަން މީހުން މަރުވެއެވެ.

ހުރިހާ ބާވަތެއްގެ ދުންފަތަކީ ވެސް ސިއްޚަތަށް ގެއްލުން ހުރި އެއްޗަކަށް ވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމުމަކީ އެއްވެސް ހާލަތެއްގައި ސިއްޚަތަށް ރައްކާތެރި ކަމެއް ނޫނެވެ. ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރެއިން އެންމެ ގިނައީ  ސިނގިރޭޓް ބޯމީހުންކަމަށް ހޯދުންތަކުން ދައްކައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ 1.3 ބިލިއަން މީހުން އުޅޭކަމަށް ހޯދުންތަކުން ދައްކާއިރު، އޭގެ ތެރެއިން %80 މީހުންނަކީ ސިނގިރޭޓް ބޯމީހުންނެވެ. މިކަމުގެ ސަބަބުން މަރުވާ މީހުންގެ ރޭޓް ވެސް މަތިކަމަށް ތަފާސްހިސާބުތަކުން އެނގެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ސިއްޚީގޮތުން ދިމާވާ އެކިއެކިމައްސަލަތަކަށް ފަރުވާ ހޯދުމަށް ކުރަން ޖެހޭ ޚަރަދަކީ ދުނިޔޭގެ ސިއްޚަތާއި ބެހޭ އިދާރާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުންފަުތެ އިސްތިއުމާލު ކުރާ މީހުންނަށް ދިމާވާ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރަން ޖެހޭ ޚަރަދު އަހަރަކު 240 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާމީހުން ނުވަތަ ސިނގިރޭޓް ބޯ މީހުންގެ އަދަދު އެންމެ ގިނައީ އެމެރިކާގައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުުރުން ނުވަތަ ސިނގިރޭޓު ބުއިމުގެ ސަބަބުން މަރުވާ ހޯދާ މީހުންގެ އަދަުވެސް އެންމެ ގިނައީ އެމެރިކާގައެވެ. އެމެރިކާ ސަރުކާރުގެ އެޖެންސީއެއް ކަމުގައިވާ ސެންޓަރ ފޯ ޑިސީސް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ނެރުނު ރިޕޯޓެއްގައި ވާ ގޮތުން ދުވާލަކު 1300 މީހުން ސިނގިރޭޓު ބުއިމުގެ ސަބަބުން އެމެރިކާގައި މަރުވެއެވެ. އެއީ އަހަރަކަށް ބަލާއިރު 48000 (ހަތަރު ލައްކަ އަށްޑިހަ ހާސް) މީހުންނެވެ.

ސިނގިރޭޓް ބުއިމުގެ ސަބަބުން ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެމެރިކާގައި މަރުވާ މީހުންގެ ތެރޭގައި ނިސަބަތުން ގިނައީ ޒުވާނުންކަމަށް ސީޑީސީގެ ރިޕޯޓުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް