މަޑި ދަށުން އަތް ކޮއްޕައިގެން ވައްކަން ކުރާތީ ޖަހާފައިވާ ދަންތުރައެއް، ސަޅިދޯ؟

އާދައިގެ މަތިން މީސްމީޑިއާގައި މިހާރު ހިނގަމުން އަންނަ ކަންކަން ކުޑަކޮށް ބަލައިލުމަށް ހެނދުނު ހެނދުނާ ފޭސްބުކް ހުޅުވައިލީމެވެ. މީހުން އެހެން މީހުންނަށް ނުސީދާކޮށް ބަސް ބުނުމަށް ޖަހާފައި ހުރި ސްޓޭޓަސްތ...

26 Oct 2022 | 04:02

އާދައިގެ މަތިން މީސްމީޑިއާގައި މިހާރު ހިނގަމުން އަންނަ ކަންކަން ކުޑަކޮށް ބަލައިލުމަށް ހެނދުނު ހެނދުނާ ފޭސްބުކް ހުޅުވައިލީމެވެ.

މީހުން އެހެން މީހުންނަށް ނުސީދާކޮށް ބަސް ބުނުމަށް ޖަހާފައި ހުރި ސްޓޭޓަސްތަކާއި، ޕްރޮފައިލް ފޮޓޯ ބަދަލު ކުރުމަށް ލާފައި ހުރި ފޮޓޯތައް ވެސް ފެނުނެވެ. މީގެ އިތުރުން ދިރިއުޅުމުގެ ވަށްޓަފާޅި ހެޔޮ ގޮތުގައި ބިނާ ކުރުމަށް ޕޭޖުތަކުން ލިޔެފައި ހުރި ހިތްވަރު ދިނުމުގެ ޕޯސްޓުތައް ވެސް ފެނުނެވެ.

މާބޮޑު ތަފާތެއް މިއަދަކު ވެސް ފޭސްބުކްގައި ނެތޭ ހީކޮށްފައި އޭގެން ނުކުންނަން އުޅެނިކޮށް، ލޮލުގައި އަޅައިގަތީ "ޒަކަރިއްޔާ ރިމްޒާން" ކިޔާ މީހަކު ހިއްސާ ކޮށްފައި އިން ތިން ފޮޓޯ ގަނޑަކަށެވެ. އޭގެން ފެންނަނީ ސައިކަލެއްގެ މަޑި ދަށެވެ.

ނަމަވެސް އެހެން މީހުންގެ ސައިކަލު މަޑި ދަށް ހުންނަ ގޮތާއި މި ސައިކަލު ތަފާތެވެ. މަޑިދަށުގެ ވަށައިގެން ލަކުޑި ޖަހާފައި ހުރި އިރު އޭގެ މަތިން ހުރީ ނާޑުވާ ފުރާފައެވެ. އެތެރޭގައި ފައިސާތަކަކާއި ދެ ކަރުދާސް ގަނޑާއި އެނޫން ވެސް ބައެއް ސާމާނު ބަހައްޓާފައި ހުރިކަން ފާހަގަ ވިއެވެ. ނަމަވެސް، އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ފުރާފައި ހުރި ނާޑުވާތަކުގައި ރޭޒަރު ތިލަތަކެއް އެކި ތަންތަނުގައި އެލުވާފައި ހުރުމުންނެވެ.

މިއީ އަނެއްކާ ކޮން ކަމެއްބާއޭ ހިތަށް އަރައި، އެ ޕޯސްޓުގެ ކެޕްޝަނަށް ނަޒަރު ހިންގައިލީމެވެ. އޭގައި ލިޔެފައިވަނީ، އެ ސައިކަލަކީ ޕެޓްރޯލު އަޅަން ދިޔަ މީހެއްގެ ސައިކަލެއް ކަމާއި މިއީ ސައިކަލު މަޑި ދަށަށް "އަތް ބާނައިގެން" ވައްކަން ކުރާ މީހުންނަށް އޭނާ ހަދާފައިވާ ދަންތުރައެއް ކަމަށެވެ.

ކުރާނީ ކީއްތާދޯއެވެ. ވައްކަން ކުރާ މީހުންގެ އުކުޅުތަކާއި ވައްކަން ކުރަން ވަކި ތަނެއް، ވަކި އެއްޗެއް ނޯންނާތީ، އެކަމުން ސަމާލުވުމަށް ދެން ތިބި މީހުން ވެސް މިޖެހެނީ މިކަހަލަ އުކުޅު ބޭނުން ކުރާށެވެ. ކޮންމެހެނަކަސް، ވިސްނުން ވަރަށް ރަނގަޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް