އާއިލާއަށް ފިލައިގެން އުޅޭ 17 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ މި އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އާއިލާއަށް ފިލާފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ހޯދަމުންދަނީ އއ. އުކުޅަސް، މާޖެހިގެ ފާޠިމަތު ޢީޝާ އިބްރާހިމް (17އ) ކަމަށެވެ.
ފާޠިމަތު ޢީޝާ އިބްރާހިމްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3331510 ނުވަތަ 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް