ފިނިމޫސުމާއި ދިމާކޮށް އައު ތިން ސަރަހައްދަކަށް އެއާ ފްރާންސްގެ ކާގޯ ހިދުމަތް، މާޓިންއެއަރ ކާގޯގެ ހިދުމްތް ފަށާނެކަން އެ އެއާލައިނުން އިއުލާނު ކޮށްފި އެވެ.
އެއާކާގޯނިއުސް ވެބްސައިޓްގައި ބުނެފައިވާގޮތުގައި ރާއްޖެ އާއި ކޯސްޓަރިކާގެ ސެން ޖޯސް އަދި މޮރިޝަސް އާއި މުމްބައި އަށް ކާގޯގެ ހިދުމަތް ދޭން މި މަހުގެ 29 އިން ފެށިގެން އެއާ ފްރާންސް ކޭއެލްއެމް މާޓިންއެއަރ އިން ފަށާނެ އެވެ.
އެގޮތުން ރާއްޖެއަށް ހަފްތާއަކު ކާގޯ ދެ ފްލައިޓް އޮޕަރޭޓް ކުރާނެ ކަމަށާއި ޕެރިސް އިން ރާއްޖެއަށް ދަތުރުކުރާނީ ބޮއިންގ 777 އަދި 222 މަރުކާގެ ފްލައިޓް ކަމުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް