ރާއްޖެއާއި މިޔަންމާ އަދި އިތުރު އަށް ގައުމެއް ބައިވެރިވާ ތަމްރީނުތަކެއް ދާދި އަވަހަށް ފަށާނެ: އިންޑިއާ

ރާއްޖެއާއި މިޔަންމާ އަދި މި ސަރަހައްދުގެ އިތުރު އަށް ގައުމެއް ބައިވެރިވާ ތަމްރީބު ޕްރޮގްރާމެއް، "އެކްސަސައިޒް ސަމްބަންދު"ގެ ނަމުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެކަން އިންޑިއާއިން އިއުލާނު ކޮށްފ...

26 Oct 2017 | 05:20

ރާއްޖެއާއި މިޔަންމާ އަދި މި ސަރަހައްދުގެ އިތުރު އަށް ގައުމެއް ބައިވެރިވާ ތަމްރީބު ޕްރޮގްރާމެއް، "އެކްސަސައިޒް ސަމްބަންދު"ގެ ނަމުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެކަން އިންޑިއާއިން އިއުލާނު ކޮށްފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައިވާގޮތުން މި ތަމްރީނުތަކުގައި އިންޑިއާގެ ނޭވީ ފްލީޓްގެ ވަރުގަދަގަން ދައްކާލުން ހިމެނެ އެވެ.

މި ތަމްރީނު ޕްރޮގްރާމްގައި، ރާއްޖެ، މިޔަންމާ، އިންޑޮނޭޝިޔާ، ސްރީ ލަންކާ، ބަންގްލަދޭޝް، އޮމާން، ޤަތަރު، އެކުވެރި އަރަބި އިމާރާތް، މެލޭޝިޔާ އަދި މޮރިޝަސް އިން ބައިވެރިވާނެ ކަމުގައި އިންޑިއާއިން ވަނީ ހާމަކޮށްފަ އެވެ.

އިންޑިއާގެ ނޭވީ އޮފިޝަރަކު ބައެއް ނޫސްތަކަށް އިންޓަވިއު ދެމުން ބުނެފައިވަނީ މި ތަމްރީނުގެ މައިގަނޑު މަގްސަދަކީ އިންޑިއާ ނޭވީގެ ގާބިލިއްޔަތުކަން ދައްކާލުން ކަމަށާއި މި ތަމްރީނުތަކުގައި އިންޑިއާ ނޭވީގެ ބޮޑެތި އުޅަނދުތަކާއި ފައިޓަރ ޖެތް ތަކުގެ ތަމްރީނުތައް ކުރިއަށްދާނެ ކަމުގައި އިންޑިއާގެ ނޭވީ އޮފިސަރު ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް