ވަކި ގައުމަކަށް ހާއްސަ ބޭސް ރާއްޖޭގައި ވިއްކާކަން ފާހަގަވޭ - އެއީ މަނާކަމެއް: ހެލްތު

މިހާރަކަށް އައިސް ފާރމަސީތަކުގައި، ހަމައެކަނި އުފައްދާ ގައުމުގައި ބޭނުން ކުރުމަށް ނުވަތަ ވަކި ގައުމަކަށް ޚާއްސަ ކުރެވިފައިވާ ބޭސް ވިއްކުމަށް ބަހައްޓާފައި ހުންނަކަން ދަނީ ފާހަގަ ކުރެވެމުން ކަމަށާއި އެކ...

26 Oct 2017 | 04:40

މިހާރަކަށް އައިސް ފާރމަސީތަކުގައި، ހަމައެކަނި އުފައްދާ ގައުމުގައި ބޭނުން ކުރުމަށް ނުވަތަ ވަކި ގައުމަކަށް ޚާއްސަ ކުރެވިފައިވާ ބޭސް ވިއްކުމަށް ބަހައްޓާފައި ހުންނަކަން ދަނީ ފާހަގަ ކުރެވެމުން ކަމަށާއި އެކަމަކީ މަނާ ކަމެއް ކަމުގައި ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިހެން ބުނެފައިވަނީ މިކަމާއި ގުޅިގެން ނެރެފައިވާ އިއުލާނެއްގަ އެވެ.

"މިޕްރޮޑަކްޓަކީ އިންޓަރ ނޭޝަނަލް މާރކެޓްއަށް އުފައްދާފައިވާ ބޭހަށްނުވާތީ، ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަކީ މަނާކަމެކެވެ" އެ އިއުލާނުގައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ބޭހަށް ނުވާތީ، ޕޯރޓް ކްލިއަރަންސްގައި ދޫނުކުރާނެ ކަމަށާއި، ފާރމަސީ އިންސްޕެކްޝަން ތަކުގައި މިފަދަ ބޭސް ނަގަމުން ގެންދާނެ ކަމުގައި ދަންނަވާ ކަމަށެވެ. އަދި މިފަދަ ބޭސްތައް ވިއްކަން ބަހައްޓަވާނަމަ، ޤަވާއިދާއި އެއްގޮތަށް ފިޔަވަޅު އަޅަމުން ގެންދާނެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރާ ކަމަށެވެ.

މިކަމުގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުން އެދިލައްވާކަމުގައިވެސް ހެލްތުގެ އިއުލާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް