އައްޑޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީ ހުޅުދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އައްޑޫގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ އައްޑޫ އޮންލައިންގައި ރިޕޯޓް ކޮށްފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުދ...

26 Oct 2017 | 04:31

އައްޑޫ ސިޓީ ހުޅުދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އައްޑޫގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ އައްޑޫ އޮންލައިންގައި ރިޕޯޓް ކޮށްފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުދޫ ވައިޖެހޭގޭގަ އެވެ.

"ހުޅުދޫ ވައިޖެހޭގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެގޭގައި ހުރި ދޮންނަ މެޝިނެއްގައި ރޯވެގެން ކަމަށް މައުލޫމާތު ލިބެއެވެ. ރޯވެފައިވާ އަލިފާން ގަނޑު ނިއްވުމަށް އެ ސަރަހައްދުގެ މީހުން ނިކުމެ ދަނީ މަސައްކަތް ކުރަމުންނެވެ" އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް