މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ އަދަބު ލުއިކޮށްދިނުމުގެ އުސޫލަށް މާއްދާއެއް އިތުރު ކޮށްފި އެވެ.
އެ އުސޫލަށް އިތުރުކޮށް އިއްޔެ ގެޒެޓް ކޮށްފައިވާ އެ މާއްދާގައި ހ ގައި ބުނެފައިވަނީ "މި އުޫލުގެ ދަށުން އަދަބު ލުއިކޮށްދީފައިވާ މީހަކު، މި އުސޫލުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޝަރުތުގެ މުއްދަތު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިނަމަ، އެ ހުކުމް ތަންފީޒުވީކަމުގައި ބަލަންވާނެ" ކަމަށެވެ.
އިތުރުކޮށްފައިވާ މާއްދާގެ ށ ގައި ބުނެފައިވަނީ މި މާއްދާގެ (ހ)ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، އެ މިހެއްގެ މައްޗަށް ކަނަޑައަޅާފައިވާ ހުކުމްތަކުގެ ތެރޭގައި ޤާނޫނު ނަމްވަރު 2000/2 (މައާފުދިނުމުގެ ގާނޫނު)ގެ 5 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކުށްތަކާއި ގަވާއިދު ނަމްބަރު 2016/R-37 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ އިތުރު ހުކުމެއް ނުވަތަ ހުކުމުގެ ބައެއް ވާނަމަ، އެފަދަ ހުކުމްތައް ތަންފީޒު ކުރަންވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް