ލޯނެއްގެ މައްސަލައިގާ އިންޑިއާ ރައްޔިތަކު އޭނާގެ މުޅި އާއިލާ އަންދާލައިފި

ލޯނެއްގެ މައްސަލައިގާ އިންޑިއާގެ ރައްޔިތަކު އޭނާގެ އަނބިމީހާ އާއި ދެ ދަރިންގެ ގައިގާ އަލިފާން ރޯކޮށް އަންދާލައިފި އެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އިންޑިއާގެ ތަމިލްނާޑޫގަ އެވެ. އެސަކިމުތޫ ނަމަކަށް ކ...

26 Oct 2017 | 04:11

ލޯނެއްގެ މައްސަލައިގާ އިންޑިއާގެ ރައްޔިތަކު އޭނާގެ އަނބިމީހާ އާއި ދެ ދަރިންގެ ގައިގާ އަލިފާން ރޯކޮށް އަންދާލައިފި އެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އިންޑިއާގެ ތަމިލްނާޑޫގަ އެވެ. އެސަކިމުތޫ ނަމަކަށް ކިޔާ މީހަކު އޭނާގެ އަންހެނުންނާއި ދެ ދަރިންގެ ގަޔަށް އަދި އަމިއްލަ ގަޔަށް ކަރާސީނު ތެޔޮ އަޅާ ރޯކޮށްލާފައިވަނި އޭނާ ނެގި ލޯނެއް ދައްކަން ލޯނު ދޫކުރި ފަރާތުން މަޖުބޫރު ކުރާތީ އެވެ.

ފުލުހުންގެ މަސައްކަތުން، މި ހާދިސާއިން އެސަކިމުތޫ ސަލާމަތްވި ނަމަވެސް އޭނާގެ އަނބިމީހާއާއި ދެ ދަރިން ސަލާމަތް ވެފައެއް ނުވެ އެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރި އިރު އޭނާ ނަގާފައި ވަނީ ގާތްގަނޑަކަށް ދެހާސް އެއްސަތޭކަ ޑޮލަރުގެ ލޯނެކެވެ. މިހާތަނަށް އިންޓްރެސްޓާއެކު އޭގެ ދެގުނަ ދައްކާފައިވީނަމަވެސް އޭނާ އާއި އާއިލާ އެކުގައި މަރުވާން ނިންމީ އިންޓްރެސްޓްގެ ގޮތުގައި އިތުރު ތިން ހާސް ޑޮލަރު ދައްކަން އޭނާއަށް މަޖުބޫރު ކުރާތީ އެވެ. އަދި އެ މަޖުބޫރު ކުރުމުގައި ފުލުސް އޮފިސަރަކުވެސް ބައިވެރިވެފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެފައި ވެ އެވެ.

މި މައްސަލައިގާ ލޯނު ދޫކުރި މީހާ އާއި ލޯނުގެ އިންޓްރެސްޓް ދެއްކުމަށް އެސަކިމުތޫ އަށް ޕްރެސަރުކުރި ފުލުސް އޮފިސަރު މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް