ޕީޕީއެމް މެމްބަރު ކަމުން އަދީބު ވަކި ކޮށްފި

ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ރާއްޖޭގެ ނައިބު ރައީސް އަހުމަދު އަދީބު އެ ޕާޓީގެ މެމްބަރު ކަމުން ވަކިކޮށްފި އެވެ. ޕާޓީގެ މެމްބަރު ކަމުން އަދީ...

26 Oct 2015 | 18:20

ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ރާއްޖޭގެ ނައިބު ރައީސް އަހުމަދު އަދީބު އެ ޕާޓީގެ މެމްބަރު ކަމުން ވަކިކޮށްފި އެވެ.

ޕާޓީގެ މެމްބަރު ކަމުން އަދީބު ވަކިކޮށްފައިވާކަން އިއުލާނުކޮށްފައިވަނީ އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގަ އެވެ.

"މެމްބަރެއްގެ ގޮތުގައި ހުންނެވި ޕާޓީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލްޢަފޫރު، ޕާޓީގެ އަސާސްތަކާ ހިލާފަށް އަމަލު ކުރައްވާ، ޕާޓީގެ ވިސްނުމާއި، ފިކުރާ ދެކޮޅު އަމަލުތަކެއް ހިންގަވާފައިވާކަމަށް ބުނެ ސުލޫކީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައެއް އެ ކޮމިޓީޏ ބެއްލެވުމަށްފަހު، އަސާސީ ގަވާއިދުގެ 19 އަދި 20 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވާ، ސުލޫކީ މއްސަލަތަކާ ބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން، އަހުމަދު އަދީ އަބްދުލްޢަފޫރު ޕާޓީނ ވަކި ކުރުމަށް ސުލޫކީ ކޮމިޓީޏް ނިންމާފައިވާތީ، މައްސަލައިގެ ބާވަތުން އަހުމަދު އަބްދުލްޢަފޫރު މިއަދުން ފެށިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މެމްބަރުން ކަމުންނާއި ނާއިބު ރައީސްގެ މަގާމުން ވަކިވެއްޖެ ކަމުގައި ދެންނެވީމެވެ" އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަލީ ޝާހިދު ވަކިކޮށްފައިވަނީ އޭނާގެ އަމަލުތައް، ޕާޓީގެ އަސާސްތަކާއި ހިލާފަށް ހުރުމާއެކު ޕާޓީގެ ވިސްނުމާއި، ފިކުރާ ދެކޮޅު އަމަލުތަކެއް ހިންގާފައިވާކަމަށް ސުލޫކީ ކޮމިޓީއަށް ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.

ތަފްސީލް އަންނަނީ ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް