މާރަނަ ދޯނީގެ އިތުރު ފަޅުވެރިއަކު ކަނޑުމަތިން ސަލާމަތް ކޮށްފި

ގެއްލިގެން ހޯދަމުން އަންނަ މާރަނަ ދޯނީގެ ބިދޭސީ ފަޅުވެރިއަކު މިއަދު ހެނދުނު ފެނިފައިވާއިރު އިތުރު ފަޅުވެރިއަކު ކަނޑުމަތިން ފެނި ސަލާމަތް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން...

26 Oct 2015 | 05:55

ގެއްލިގެން ހޯދަމުން އަންނަ މާރަނަ ދޯނީގެ ބިދޭސީ ފަޅުވެރިއަކު މިއަދު ހެނދުނު ފެނިފައިވާއިރު އިތުރު ފަޅުވެރިއަކު ކަނޑުމަތިން ފެނި ސަލާމަތް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ދެވަނަ އަށްވެސް ފެނުނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށާއި  ދިވެހި މީހާ އަދި ނުފެންނަ ކަމަށެވެ. އަދި އެ ދޯނިން ދަތުރުކުރި ތިން މީހުންގެ ތެރެއިން ދެމީހަކު ފެނިފައިވާއިރު ތިން ވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

https://twitter.com/MNDF_Official/status/658518282010431488

https://twitter.com/MNDF_Official/status/658525275802628096

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް