ރައީސް ވިދާޅުވީ ޖަމިއްޔާތަކަށް އެހީވާ ވާހަކަ: ތަރުޖަމާނު

ރައީސްގެ ތަގުރީރުގައި "ޒުވާނުންގެ ގްރޫޕް" ތައް މާނަކޮށްފައިވަނީ ޖަމިއްޔާތަކަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ. ތަރުޖަމާނު ވިދާޅުވީ ރައީސްގެ ތަގުރީރުގައި "ޒު...

26 Oct 2015 | 05:02

ރައީސްގެ ތަގުރީރުގައި "ޒުވާނުންގެ ގްރޫޕް" ތައް މާނަކޮށްފައިވަނީ ޖަމިއްޔާތަކަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނު ވިދާޅުވީ ރައީސްގެ ތަގުރީރުގައި "ޒުވާން ގްރޫޕް" ކަމަށް ވިދާޅުވެފައިވަނީ، ޒުވާނުންގެ ތެރެއިން އުފެދިފައިވާ އިޖްތިމާއީ ކުޅިވަރު ހަރަކާތްތަކާއި ޒުވާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އިސާރަތް ކުރައްވާ ކަމަށެވެ.

ހަރުދަނާ ޖީލެއް ބިނާ ކުރެއްވުމަކީ ރައީސްގެ ސިޔާސަތުގައި އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތްޕުޅު ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ ބައެއް ފަރާތްތަކުން ޒުވާނުންނާ ގުޅޭގޮތުން ރައީސް ވިދާޅުވި ވާހަކަފުޅު ގޯސްކޮށް ތަރުޖަމާ ކުރައްވާފައިވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް