އާއްމު ރައްޔިތުން ކައިރީގައި ގަރުދިޔައާއި ބަތާ ކާށޭ ބުނެ، ރައީސް މުއިއްޒު ފަރިއްކުޅުވަނީ އަގުބޮޑު ސްޓޭކް: މަލީހު

ސަރުކާރުން އާއްމު ރައްޔިތުން ކައިރީގައި ގަރުދިޔައާއި ބަތާ ކާށޭ ބުނެ، ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ފަރިއްކުޅުވަނީ ނިއުޔޯކްސިޓީގައި އަގުބޮޑު ސްޓީކް ކަމުގައި މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ. ސަރުކާރުގ...

26 Sep 2024 | 17:49

ސަރުކާރުން އާއްމު ރައްޔިތުން ކައިރީގައި ގަރުދިޔައާއި ބަތާ ކާށޭ ބުނެ، ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ފަރިއްކުޅުވަނީ ނިއުޔޯކްސިޓީގައި އަގުބޮޑު ސްޓީކް ކަމުގައި މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ދަތުރުތަކަށް އެކަނިވެސް ބޮޑު ޚަރަދެއް ކުރާ ކަމަށާއި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް މިރޭ ޕީއެންއެފް އޮފީހުގައި ބޭއްވޭ ޖަލްސާގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވެފައިވެއެެވ.ެ.

އެގޮތުން ދާދި ފަހުން ސަރުކާރުންގެ އިސްވެރިންތަކެއް ޗައިނާއަށް ކުރެއްވި ދަތުރަކަށް އަލިއަޅުއްވާލަމުން މަލީހު ވިދާޅުވީ، ސަރުކާރުގެ ބަޖެޓުން ޓިކެޓް ނަންގަވާ ކަމަށް ވަނީނަމަ ނަންގަވަން ވާނީ އެތަަނަކާއި އެންމެ ކައިރި ހިސާބަކުން ކަމަށެވެ.

މީގެ އިތުރުން މިވަގުތު ރައީސް ނިއުޔޯކުގައި ހުންނެވުމަށްވެސް ބޮޑު ޚަރަދެއް ހިނގާކަން ފާހަގަ ކުރައްވަމުން މަލީހު ވިދާޅުވީ މި ވަގުތު ނިއުޔޯކުގައި އެންމެ އަގުހެޔޮކޮށް ވެސް1000 ޑޮލާރ ގެ ދަށުން ހޮޓެލެއް ނުލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް