މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 17 މިލިއަން ރުފިޔާ! ދާންދޫއަށް ފިޝްރީޒް މިނިސްޓްރީގެ އިސްވެރިންތަކެއް ދިޔުމުން ބޭރުކޮށްލައިފި

ގއ. ދާންދޫއަށް ފިޝަރީޒް މިނިސްޓަރުން ހިމެނޭ ވަފުދެއް މިއަދު ދިޔުމުން އެ ރަށުގެ ބަނދަރު ސަރަހައްދުގައި އެ ރަށުގެ މަސްވެރިންތަކެއް އިހުތިޖާޖުކޮށް މިނިސްޓްރީގެ އެ ޓީމު ރަށުން ފޮނުވާލައިފިއެވެ. މަސްވެރިން...

26 Sep 2024 | 16:45

ގއ. ދާންދޫއަށް ފިޝަރީޒް މިނިސްޓަރުން ހިމެނޭ ވަފުދެއް މިއަދު ދިޔުމުން އެ ރަށުގެ ބަނދަރު ސަރަހައްދުގައި އެ ރަށުގެ މަސްވެރިންތަކެއް އިހުތިޖާޖުކޮށް މިނިސްޓްރީގެ އެ ޓީމު ރަށުން ފޮނުވާލައިފިއެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުން ލަސްވާތީ މަސްވެރިންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިންވެސް ސަރުކާރުން އެ ފައިސާ ދިނުން ލަސްވެގެން މަސްވެރިން މުޒާހަރާ ކުރުމުން އެ ފައިސާތައް ވަނީ ޚަލާސްކޮށްފައެވެ.

އެހެން ނަމަވެސް ސަރުކާރުން ކިރުވާ މަހަށް ދެ ހަފްތާ ތެރޭގައި ފައިސާ ޖަމާކޮށްދޭނެ ކަމަށް އޭރު ބުނި ނަމަވެސް ފައިސާ ދިނުން ލަސްވުމުން އަނެއްކާވެސް މަސްވެރިން ދަނީ އިއުތިޖާޖު ކުރަމުންނެވެ.

މިކަމާއި ގުޅިގެން މިފްކޯއިން ބުނީ، އަންނަ ހަފްތާގެ ނިޔަލަށް ފައިސާ އެއްކޮށް ދައްކާ ހަލާސްކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އަދި މީގެ އިތުރުން މިވަގުތު މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ17 މިލިއަން ރުފިޔާ ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް