އައްޑޫ ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ މިހާރު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ އެ އަންހެން މީހާ ފެނިފައިވާކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ އައްޑޫ ސިޓީ ހިތަދޫ، ބީޗް ރެސްޓް، ނާއިލާ ހަސަން ދީދީ އެވެ.
ނާއިލާގެ އާއިލާ މެންބަރަކު، އޮންލައިން ނޫސް، އައްޑޫ ލައިވަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި ނާއިލާގެ ޚަބަރެއް ނުވެގެން ހޯދަމުން ދިޔައީ މިއަދު ހެނދުނު 09:00އިން ފެށިގެންނެވެ. ފޯނުވެސް އޮންނަނީ ނިއްވާލާފައި ކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން ކުރިން ބުނެފައިވާގޮތުގައި ނާއިލާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 02:00 ހާއިރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް