އައްޑޫ ސިޓީ ހިތަދޫއިން އަންހެނަކު ގެއްލިގެން ހޯދަމުން އެބަ ގެންދެއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އައްޑޫ ސިޓީ ހިތަދޫ، ބީޗް ރެސްޓް، ނާއިލާ ހަސަން ދީދީ އެވެ.
ނާއިލާގެ އާއިލާ މެންބަރަކު، އޮންލައިން ނޫސް، އައްޑޫ ލައިވަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި ނާއިލާގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނަނީ މިއަދު ހެނދުނު 09:00އިން ފެށިގެންނެވެ. ފޯނުވެސް އޮންނަނީ ނިއްވާލާފައި ކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
ނާއިލާގެ މައުލޫމާތެއް ލިބިއްޖެނަމަ 6885454 އަށް ގުޅުމަށް އާއިލާއިން އެދިފައިވެއެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ އައްޑޫ ސިޓީއިން އަންހެނަކު ގެއްލިގެން މިއަދު މެންދުރު 02:00 ހާއިރު ރިޕޯޓްކޮށްފައިވާކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް