ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ތައްޔިބު ޝަހީމް ފުލުހަށް ހާޒިރުކޮށް ސުވާލުކުރިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ސައްހަ ނޫން ބަޔާނެއް ފުލުހުންގެ ނަމުގައި ދައުރުކުރި މައްސަލައަކާއި ގުޅިގެންނެވެ. މި މައްސަލައާއި ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ތައްޔިބުގެ ފޯނާއި އިލެކްޓްރޯނިކްސް ބައެއް ތަކެތި ހިފެހެއްޓި ކަމަށްވެސް ކުރިން ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް