ދިރާގު މޯލްޑިވްސް ރޯޑްރޭސްގައި އަދި ބައިވެރި ވެވިދާނެ – ފުރުސަތު މިއަދު ހަވީރު ހަތަރަކާއި ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑްރޭސްގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ދިރާގުން ހުޅުވާލައިފިއެވެ. އެގޮތުން ދިރާގުން ބުނެފައިވަނީ މިއަދު ހަވީރު 04:00ގެ ކުރިއަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ....

26 Sep 2024 | 06:07

ދިރާގު މޯލްޑިވްސް ރޯޑްރޭސްގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ދިރާގުން ހުޅުވާލައިފިއެވެ.

އެގޮތުން ދިރާގުން ބުނެފައިވަނީ މިއަދު ހަވީރު 04:00ގެ ކުރިއަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024 ގައި https://dmrr.dhiraagu.com.mv/register މި ލިންކު މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އަންނަ އޮކްޓޯބަރު މަހުގެ 25 ވާ ހުކުރު ދުވަހު އޮންނަ މި ރޭހަކީ ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ރޭހެކެވެ. މި އަހަރު ދިރާގުން ބާއްވަނީ ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 15 ވަނަ ރޭހެވެ. ކޮވިޑާއި ގުޅިގެން ރޭސް މެދުކެނޑުނު ނަމަވެސް ކޮންމެ އަހަރަކު ދިރާގުން އަންނަނީ މި ރޭސް ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް