ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރާލާނެކަމަށްބުނެ މަރުގެ އިންޒާރު ދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.
އެގޮތުން ރޭގައި ފުލުހުން ބުނެފައިވަނީ Ablor Myad Yosefގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Ablor Myad Yosef ނަމުގައި ފޭސްބުކްގައި ހަދާފައިވާ އެކައުންޓަކުން ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިނީ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ތަގުރީރު ކުރައްވަމުން ގެންދެވި އިރު ލައިވް ވީޑިއޯއަކަށް ކުރި ކޮމެންޓެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް