ޔޫކްރެއިން އިން މަރާލިކަމަށް ބުނާ ރަޝިއާގެ ކޮމާންޑަރެއް ދިރިހުރި މަންޒަރު ވީޑިއޯ އަކުން ފެނިއްޖެ

ބްލެކް ސީ ފްލީޓްގެ ކޮމާންޑަރު މަރާލި ކަމަށް ޔޫކްރެއިން އިން ބުނި ނަމަވެސް ރަޝިއާގެ ދިފާއީ ވުޒާރާއިން ވަނީ ބްލެކް ސީ ފްލީޓްގެ ކޮމާންޑަރު ކޮންފަރެންސެއްގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާނ...

26 Sep 2023 | 18:18

ބްލެކް ސީ ފްލީޓްގެ ކޮމާންޑަރު މަރާލި ކަމަށް ޔޫކްރެއިން އިން ބުނި ނަމަވެސް ރަޝިއާގެ ދިފާއީ ވުޒާރާއިން ވަނީ ބްލެކް ސީ ފްލީޓްގެ ކޮމާންޑަރު ކޮންފަރެންސެއްގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

އެހެން ނަމަވެސް ޑިފެންސް މިނިސްޓަރާ އެކު ވީޑިއޯ ލިންކެއްގައި ވިކްޓާ ސޮކޮލޮވް ފެންނަ މަންޒަރު ވީޑިއޯ ކުރީ ކޮން އިރަކު ކަމެއް ސާފެއް ނުވެ އެވެ.

އެ މިނިސްޓްރީން ބުނީ އިސްވެރިންނާ އެކު މި ބައްދަލުވުން ބާއްވާފައި ވަނީ އަންގާރަ ދުވަހު ކަމަށެވެ.

ޔޫކްރެއިންގެ ސްޕެޝަލް ފޯސަސް އިން ބުނީ ކްރައިމިއާ ހިފާފައިވާ ސެވަސްޓޮޕޯލްގައި ހުންނަ ފްލީޓްގެ އެޗްކިއުއަށް ދިން މިސައިލް ހަމަލާއެއްގައި އެޑްމް ސޮކޮލޮވް އާއި އިތުރު 33 އޮފިސަރުން މަރުވެފައިވާ ކަމަށެވެ.

އަދި އެޑްމިރަލްގެ ނަން ސީދާ ހާމަކޮށްފައެއް ނުވެއެވެ. އަދި އެޑްމިރަލް މަރުވިކަމުގެ އެއްވެސް ހެއްކެއް ވެސް ހުށަހަޅާފައެއް ނުވެއެވެ. އެ މީހުން މިހާރު ބުނަނީ އެ ރިޕޯޓްތައް "ސާފު" ކުރަމުން އަންނަ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން، ރަޝިއާފެޑެރޭޝަންގެ ބްލެކް ސީ ފްލީޓްގެ ހެޑްކުއާޓަރަށް ދިން މިސައިލް ހަމަލާއެއްގައި 34 އޮފިސަރުން ވަނީ މަރުވެފައި،" އެ މީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ލިބެން ހުރި މަސްދަރުތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ރަޝިއާގެ ބްލެކް ސީ ފްލީޓްގެ ކޮމާންޑަރު ވެސް ހިމެނެ އެވެ. ހަށިގަނޑުގެ ބައިތަކުގެ ހާލަތު ހުރި ގޮތުން އަދިވެސް ގިނަ [ހަށިތައް] ދެނެގަނެވިފައެއް ނުވޭ."

އަށް މިނެޓުގެ މި ވީޑިއޯއިން ފެންނަނީ އަންގާރަ ދުވަހުގެ ހެނދުނު ހިނގި ކަމަށް ބުނާ ޑިފެންސް މިނިސްޓްރީގެ ކޮލެޖިއަމެކެވެ. މޮސްކޯގެ ކޮންފަރެންސް ރޫމެއްގައި ޑިފެންސް މިނިސްޓަރު ސަރްގޭ ޝޯއިގޫ އިސްވެރިންނާ ވާހަކަ ދައްކަވާ މަންޒަރު ފެނެ އެވެ.

ބްލެކް ސީ ފްލީޓް ހިމެނޭ ގޮތަށް ރަޝިއާގެ ފަސް ފްލީޓްގެ ކޮމާންޑަރުންނާ އެކު ވީޑިއޯ ލިންކުން ވެސް އެކި ފަހަރު މަތިން އޭނާ ވަރަށް ކުޑަކޮށް ފެނެ އެވެ.

ފޭޝަލް ރިކޮގްނިޝަން ސޮފްޓްވެއާއިން ފެންނަނީ އެޑްމް ސޮކޮލޯވްގެ އެހެން ފޮޓޯތަކާއި އެންމެ ފަހުގެ ވީޑިއޯއިން ފެންނަ މީހާއާ އެއްވަށްތަރުކޮށް، އެއީ އޭނާ ކަމަށް ދޭހަވާ ގޮތަށެވެ.

ނަމަވެސް ބީބީސީއަށް މިހާތަނަށް އެ ބައްދަލުވުން ހިނގީ ހަގީގަތުގައި އަންގާރަ ދުވަހުތޯ ނުވަތަ ވީޑިއޯ ލިންކުގައި ހުރި އެޑްމް ސޮކޮލޯވްގެ ފޮޓޯ އަކީ ރިއަލް ޓައިމްގައި ހުރި ފޮޓޯއެއްތޯ ކަށަވަރު ކޮށްދެވިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް