ގޭމިން ފާމް ޑްރީމް11 އިން 150 މިލިއަން ޑޮލަރުގެ ޓެކްސްއަކަށް އިންޑިއާއިން އެދިއްޖެ

އިންޑިއާގެ ޓެކްސް ޑިޕާޓްމަންޓުން ޓައިގާ ގްލޯބަލްގެ އެހީގައި ހިންގާ ގޭމިން ކުންފުނި ޑްރީމް11 އިން 2017-2019 އަށް ޓެކްސް ދެއްކުމަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރަށް ޑިމާންޑްކޮށްފައިވާ އިރު، އެ ކަމާ މ...

26 Sep 2023 | 18:12

އިންޑިއާގެ ޓެކްސް ޑިޕާޓްމަންޓުން ޓައިގާ ގްލޯބަލްގެ އެހީގައި ހިންގާ ގޭމިން ކުންފުނި ޑްރީމް11 އިން 2017-2019 އަށް ޓެކްސް ދެއްކުމަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރަށް ޑިމާންޑްކޮށްފައިވާ އިރު، އެ ކަމާ މެދު އެ ކުންފުނިން ދެބަސްވާ ކަމަށާއި އޮފިޝަލުން ދަނީ އިތުރު ހަތަރު އަހަރު ވަންދެން އެ ފައިސާ ދެއްކުމުގެ މައްސަލަ ބަލަމުން ކަމަށް ގާނޫނީ ލިޔުންތަކުން ދައްކަ އެވެ.

ޑްރީމް11 އިން ކަސްޓަމަރުންގެ އަތުން ނަގާ ފީއިން ޓެކްސް އެއް ދައްކަން ޖެހޭ ކަމަށް ބުނަމުން އަންނައިރު، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުޅުންތެރިންގެ އަތުން ލިބޭ ޖުމްލަ ގޭމިން އާމްދަނީއިން 28 ޕަސެންޓް ބޮޑު ޓެކްސްއެއް ނެގުމަށް ގޮވާލަމުން ކަމަށް ކޯޓު ކަރުދާސްތަކުން ދައްކަ އެވެ.

ސަރުކާރުގެ ނޯޓިސްތަކުން ދައްކާ ގޮތުގައި 2017-18 ވަނަ އަހަރަށް 26.07 މިލިއަން ޑޮލަރު އަދި 2018-19 ވަނަ އަހަރަށް 120.85 މިލިއަން ޑޮލަރުގެ އިތުރުން އިންޓަރެސްޓާއި ޖޫރިމަނާގެ ގޮތުގައި ދައްކަން މަޖުބޫރު ނުކުރަން ވީ ކީއްވެތޯ ސާފުކުރުމަށް ޓެކްސް އޮތޯރިޓީން އެ ކުންފުންޏަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

ޑްރީމް11 އިން މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައިވާއިރު އިންޑިއާގެ ޓެކްސް އޮތޯރިޓީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޑްރީމް11 އިން މުމްބާއީގެ ހައި ކޯޓަށް މައްސަލަ ހުށަހެޅީ އެ ނޯޓިސްތަކާ ދެކޮޅަށް ކަމަށް ކޯޓު ކަރުދާސްތަކުން ދައްކަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ކަމަށް ބެލެވެ އެވެ.

މުމްބާއީގެ ޑްރީމް11 އަކީ 2008 ވަނަ އަހަރު އުފެއްދި އެމެރިކާގެ އިންވެސްޓްމަންޓް ފަންޑް ޓައިގާ ގްލޯބަލް އަކީ ބޮޑު އިންވެސްޓަރެއްގެ ގޮތުގައި ގުނަމުން އަންނަ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް