ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023ގެ އޮފިޝަލް ކޯޗިން އެންޑް ވެލްނެސް ޕާޓްނަރުން އިއުލާންކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2023ގެ އޮފިޝަލް ކޯޗިންގ އަދި ވެލްނެސް ޕާޓްނަރުން ދިރާގުން އިއުލާންކޮށްފިއެވެ. ޑީ.އެމް.އާރް.އާރްގެ އޮފިޝަލް ކޯޗިންގ އަދި ވެލްނެސް ޕާޓްނަރުންނާއެކު، ރާއްޖ...

26 Sep 2023 | 17:40

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2023ގެ އޮފިޝަލް ކޯޗިންގ އަދި ވެލްނެސް ޕާޓްނަރުން ދިރާގުން އިއުލާންކޮށްފިއެވެ.

ޑީ.އެމް.އާރް.އާރްގެ އޮފިޝަލް ކޯޗިންގ އަދި ވެލްނެސް ޕާޓްނަރުންނާއެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމަށް ތައްޔާރުވުމަށް ބައިވެރިންނަށް ޚާއްސަ ކޯޗިންގ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން ފަސޭހަކުރުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މި އަހަރުގެ ކޯޗިންގ އަދި ވެލްނެސް ޕާޓްނަރުންނަކީ:

ސާއިދް ސްޕޯޓްސް (ކޯޗިންގ ޕާޓްނަރ): ފުރަތަމަ ފަހަރަށް ޑީ.އެމް.އާރް.އާރްގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ހިލޭ ތަމްރީނު ލިބޭނެއެވެ.

އެލީޓް ރަނަރސް (ކޯޗިންގ ޕާޓްނަރ): ޑީ.އެމް.އާރް.އާރްގެ ބައިވެރިންނަށް މި ކްލަބް މެދުވެރިކޮށް ޕާސަނަލައިޒްޑް ޓްރެއިނިންގ ޕްރޮގްރާމަކާއެކު ތަމްރީންވެވޭނެއެވެ.

ކްލަބް ކޭވައި ސްޕޯޓްސް (ކޯޗިން ޕާޓްނަރ): ކޯޗުން ޔަޒޫ އާއި ކްސާބާއާއެކު ޑީ.އެމް.އާރް.އާރްގެ ޒުވާން ދުވުންތެރިންނަށް ތަމްރީންވެވޭނެއެވެ.

ދަ ވެލްނެސް ކްލަބް (ވެލްނެސް ޕާޓްނަރ): މަޝްހޫރު ރަނިންގ ކޯޗު މަރިޔަމް އަބްދުލް ކަރީމްގެ ފަރާތުން ފިޒިކަލް ފިޓްނަސް އަދި ވެލްނެސްއާ ގުޅޭ ގައިޑެޑް ސެޝަންތަށް ބައިވެރިންނަށް ލިބޭނެއެވެ.

އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު 4000 ދުވުންތެރިންނާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ކުރިއަށްދާނެއެވެ. މި ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމަޢުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ.

މި ދުވުން އަދި ދުވުމާއި ގުޅުން ހުރި އެކު އިވެންޓްތަކުގެ މަޢުލޫމާތު ހޯދުމަށް: www.dmrr.mv

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް