ބްރިޖްފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގޭނީ މުއިއްޒު ފަދަ ގާބިލް ބޭފުޅަކަށް: އުޝާމް

ބްރިޖްފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގޭނީ ޑރ. މުހައްމަދު މުއިއްޒު ފަދަ ގާބިލް ބޭފުޅަކަށް ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް ވިދާޅުވީ، ވެރިކަމުގެ ދައުރު...

26 Sep 2023 | 13:43

ބްރިޖްފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގޭނީ ޑރ. މުހައްމަދު މުއިއްޒު ފަދަ ގާބިލް ބޭފުޅަކަށް ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ، ވެރިކަމުގެ ދައުރު ހަމަވާން ބާކީ ދޮޅުމަހެއްހާ ދުވަސް ކަމަށެވެ. ނަމަވެސް ތިލަމާލެ ބްރިޖް އަދި ފެނުން މައްޗަށް ނާރާ ކަމަށެވެ.

" ބްރިޖް އެޅުން ފަދަ ބޮޑެތި މެގަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނީ އެފަދަ ކަންކަން ކުރުމުގެ ގާބިލްކަމާއި ތަޖުރިބާއާއި ތައުލީމް ހުރި މީހަކަށް. އެމީހަކީ ޑރ. މުއިއްޒު" އުޝާމް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި މިއީ އުޝާމް، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްއަށް ދެއްވި ރައްދެކެވެ.

ބްރިޖާ ގުޅިގެން މަހްލޫފް ވިދާޅުވެފައި ވަނީ، ތިލަމާލެ ބުރިޖުގެ ތަނބެއް ނުފެއްނިގެންކަމަށްބުނެ ހަޖޫޖަހާއިރު، ހަގީގަތަކީ ބުރިޖުގެ މުހިއްމު އަދި ބައިވަރު އެތައް މަސައްކަތެއް މިއަދުވެސް ދަނީ ކުރިއަށް ކަމަށެވެ.

ތަނބުތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ ބުރިޖު ރާވާލެވޭ ވަރަށް ތައްޔާރަށް ކަމަށް ބެލެވޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"މަސައްކަތުގެ ސްޕީޑުހުރިގޮތަށް ބަލާއިރު، ހުޅުލެ ބުރިޖުގެ މަސައްކަތަށްވުރެ މާއަވަސް މުއްދަތެއްގެތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭނެކަމަށް ބެލެވޭ" މަހުލޫފް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް