މުއިއްޒު ގެކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރަން ރާވާ ކަމަށް ބުނުމަކީ ދޮގު ހަބަރެއް: ފުލުހުން

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުޙައްމަދު މުޢިއްޒު ގެކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރަން ރާވާން ފަށައިފިކަމަށް ބުނެ ޗެނެލް 13 އިން ގެނެސްދީފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ...

26 Sep 2023 | 13:17

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުޙައްމަދު މުޢިއްޒު ގެކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރަން ރާވާން ފަށައިފިކަމަށް ބުނެ ޗެނެލް 13 އިން ގެނެސްދީފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނާ ގޮތުގައި ޗެނެލް 13 ގެ އެ ހަބަރަކީ އެއްވެސް ހަގީގަތެއް އެކުލެވިފައިނުވާ، ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި، އަދި ދިވެހި ފުލުހުންގެ ޙިދުމަތުގެ އަގުވައްޓާލުމުގެ ގޮތުން ގެނެސްދިފައިވާ ކަނޑައެޅިގެން ދޮގު ހަބަރެކެވެ.

https://twitter.com/PoliceMv/status/1706623691801673871

ދިވެހި ފުލުހުންގެ ޙިދުމަތާމެދު ރައްޔިތުންގެ އިތުބާރުގެއްލޭގޮތަށް، ޒިނަމާދާރުކަމެއްނެތި އަދި މައުލޫމާތުގެ ސައްހަކަމެއް ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ގެނެސްދިނުމަކީ ފުލުހުންގެ ޙިދުމަތުން އެ ބަޔަކު ކުއްވެރިކުރާކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމައެފަދައިން، ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި ޚިލާފު މިފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިސާމްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް