ގެއްލިގެން ހޯދަމުންދިޔަ ނާސިފް ފެނިއްޖެ – ހާލު ރަނގަޅު

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ނާސިފް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން މިއަދު ފުލުހުން ބުނެފައިވަނީ ހދ. މަކުނުދޫ/ސިތާރާ މަންޒިލް ނާސިފް އަބްދުއްސަލާމް...

26 Sep 2023 | 06:00

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ނާސިފް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން މިއަދު ފުލުހުން ބުނެފައިވަނީ ހދ. މަކުނުދޫ/ސިތާރާ މަންޒިލް ނާސިފް އަބްދުއްސަލާމް، ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

އުމުރުން 28 އަހަރުގެ ނާސިފް ގެއްލިގެން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދުނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ. އެދުވަހު ފުލުހުން ބުނެފައިވަނީ ނާސިފް ގެއްލިގެން އާއިލާގެ ފަރާތުން މި މަހުގެ 17ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް