ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖާއި ލާމު ރައީސް އިސްމާއިލް އަލީ ޕީޕީއެމް އަށް

ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި އެ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ސޮއިކުރައްވައިފިއެވެ. މި ދެ ބޭފުޅުން ޕީޕީއެމް އާއި ގުޅިވަޑައިގެންނެވީ ރޭ...

26 Sep 2023 | 04:43

ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި އެ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް ސޮއިކުރައްވައިފިއެވެ.

މި ދެ ބޭފުޅުން ޕީޕީއެމް އާއި ގުޅިވަޑައިގެންނެވީ ރޭގައި ޑރ. މުއިއްޒު ލ. ގަމުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައެވެ.

މި ދެބޭފުޅުންގެ ތެރެއިން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެމްޑީޕީއިން ވަކިވެވަޑައިގެންފައެވެ. އަދި ޖެހިގެން އައި ދުވަހު ޑރ. މުއިއްޒަށް ތާއީދުކުރައްވާކަން އިއުލާނުކުރެއްވިއެވެ.

ލާމު ރައީސް، އިސްމާއިލް އަލީ އަކީވެސް ކުރިން އެމްޑީޕީގެ މެންބަރެކެވެ. އަދި އެމްޑީޕީ ބައިބައިވެ އުފެދުނު ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި އިއްޔެއާއި ހަމައަށް ހުންނެވި ނަމަވެސް މި މަހުގެ 16 ވަނަ ދުވަހުގެރޭ އިސްމާއިލް އަލީވެސް ޑރ. މުއިއްޒަށް ތާއީދުކުރައްވާކަން އިއުލާނުކުރެއްވިއެވެ.

ރޭގައި ލާމު ގަމުން ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމް އާއި ގުޅިފައިވެއެވެ. އޭގެތެރޭގައި އެމްޑީޕީ، ޖޭޕީ އަދި ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް