ދިވެހިންނަށް ހިނިތުންވުން ގެނެސްދިނުމުގައި އުރީދޫ އިން ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ އުރީދޫ މޯލްޑިވްސްގެ އާ ހެޑްކުއާޓާރު ރަސްމީކޮށް އިފްތިތާހުކޮށްފި

އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ އުރީދޫ މޯލްޑިވްސް ހެޑް ކުއާޓާސް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. 11 ބުރީގެ މި އިމާރާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ހުނ...

25 Sep 2023 | 19:07

އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ އުރީދޫ މޯލްޑިވްސް ހެޑް ކުއާޓާސް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

11 ބުރީގެ މި އިމާރާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ހުންނައިރު ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ލިބިގެންދާނޭކަމުގައި އުރީދޫއިން ފާހަގަކުރެއެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުވައިދެއްވީ ރާއްޖޭގެ ނައިބު ރައީސް އަލްފާޟިލް ފައިސަލް ނަސީމް އާއި އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަލްފާޟިލް އަޒީޒް އަލް އުޘްމާން ފަޚްރޫ އާއި އުރީދޫ މޯލްޑިވްސްގެ ޗެއަރޕަރސަން އަލްފާޟިލާ ފާތިމާ އަލް ކުވާރީ އާދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީއެވެ. އުރީދޫ މޯލްޑިވްސް މި އިމާރާތް އިފްތިތާހު ކުރުމުގެ ގޮތުން މުޅި އިމާރާތް އަލިފާނުގެ ފަރުދާއަކާއި ހިތްގައިމު ހަވާ އެރުވުމުގެ ކުލަތަކުން މުޅި ޢިމާރާތް އަލިކޮށްލިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ފައިސަލް ނަސީމް ފާހަގަކުރެއްވިގޮތުގައި އުރީދޫ މޯލްޑިވްސް އަކީ ވޭތުވެދިޔަ 18 އަހަރުން ފެށިގެން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ތަނބެކެވެ. އަދި އުރީދޫ ގެ ޓީމުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަކީ އަގުނުކުރެވޭ ވަރުގެ ޚިދުމަތެއްކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ 4ޖީ ނެޓްވޯކް ތައާރަފްކުރުމާއި، އީޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރުމާއި، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމަށާއި އެހެނިހެން އިޖްތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ ގުނަ ހިދުމަތްތައް ހިމެނޭކަން ފައިސަލް ފާހަގަކުރެއްވިއެވެ.

"މީގެ އިތުރުން ހެޔޮ އަގުގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ޚިދުމަތްތަކުން ދިވެހިން ގުޅާލަދީ ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކޮށް، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކޮށް މަރުހަބާކިޔަން. ކުރިއަށްއޮތްތަނުގައިވެސް އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އާއި އެ ކުންފުނީގެ ޓީމުން ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް ނަމޫނާ ހިދުމަތްތަކެއް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް." ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވިއެވެ.

އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، އަޒީޒް އަލް އުޘްމާން ފަޚްރޫ ވިދާޅުވިގޮތުގައި ރާއްޖެ އަކީ ޑިޖިޓަލް ހިދުމަތްތަކުން މުޖުތަމައުތައް ބިނާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ހާއްސަ ޖާގައެއް އޮތް ގައުމެކެވެ. އުރީދޫގެ އާ ހެޑްކުއާޓަރަކީ، ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމުގެ އަޒުމުގައި ފާއިތުވި އަހަރުތަކުގައި އުރީދޫ އިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ރަމްޒެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

"ހަމަ އެހެންމެ ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ގެނެސް ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމިތިބޭނެ ކަމުގެ ހެއްކެއް. މި ފުރުސަތުގައި އަޅުގަނޑުމެންގެ މި މަސައްކަތަށް އެއްބާރުލުންދީ މި މަސައްކަތުގައި ބައިވެރިވަޑައިގަންނަވާ ސްޓޭކްހޯލްޑަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، އަޒީޒް އަލް އުޘްމާން ފަޚްރޫ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސް ހެޑް ކުއާޓާސް ރަމްޒުކޮށްދެނީ ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އުރީދޫގެ ހީވާގި ޓީމުން ކުރަމުން އައި ބުރަ މަސައްކަތުގެ ކާމިޔާބީތަކާއި ހާސިލްކުރެވިފައިވާ މޭލުގާތައް ކަމަށާއި މި އިމާރާތަކީ ދިވެހި ރައްޔިތުންނާ އެކު އޮންނަ ގާތް ގުޅުމާއި، މުޖުތަމައުތަކުގެ ކުރިއެރުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތާ، މިހާރަށްވުރެ އުޖާލާ، ގުޅިލާމެހިފައިވާ މުސްތަޤްބަލެއް ޤާއިމުކުރުމުގައި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ރަމްޒެއްވެސް ކަމަށެވެ.

"މި ފުރުސަތުގައި އުރީދޫ މޯލްޑިވްސްގެ ހީވާގި މުވައްޒަފުންގެ ބުރަ އަދި ކާމިޔާބު މަސައްކަތް ފާހަގަކޮށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލާމާއި އިތުބާރަށް ފަށްފަށުން ޝުކުރުދަންނަވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ހުޅުމާލޭގެ މެދުގައި ބިނާކުރެވިފައިވާ މި އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިފައިވެއެވެ. ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވިފައިވާ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާ އާއި، ކުއަޓް ރޫމްސް، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ޕާކިން އޭރިއާ ގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ޖިމް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެ އެވެ.

މި އިމާރާތުގައި ތިމާވެށީގެ ދެމެހެއްޓެނިވި އެތައް ސިފަތަކެއް ހިމެނޭ އިރު، އިރުގެ ހޫނުން ސަލާމަތްވުމުގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިމާރާތުގެ ބޭރުގައި ބޭނުންކުރެވިފައިވަނީ ލެމިނޭޓެޑް ޓެމްޕަރޑް ބިއްލޫރިއެވެ. މި އިމާރާތުގައި ތާޒާ ވައިގެ ސަޕްލައި ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓް ސިސްޓަމާއި ސޯލާ ޕެނަލްގެ އިތުރުން ފެން ޚަރަދު ސަލާމަތް ކުރުމަށް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން އިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ފަޔަރ ރޭޓެޑް ދޮރުތަކާއި ފަޔަރ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔަރ ސޭފްޓީ ސިސްޓަމް ގާއިމްކުރެވިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އައު ފުރުސަތުތަކާ ގުޅުވާލަދިނުމުގައި އުރީދޫ މޯލްޑިވްސް އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް މި ހަފަލާގާ އުރީދޫ އިން އަރުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް