500 އަށްވުރެ ގިނަ ގޭމް ކުޅުންތެރިންނާއެކު އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ކޮންޓެންޑަރ ސީރީޒް ދޭއް ރޭގައި ފަށައިފިއެވެ.
ސީރީޒް ދޭއްގައި 89 ޓީމެއް ވާދަކުރާއިރު ޓީމްތައް ވަނީ ފަސް ގްރޫޕަކަށް ބަހާލާފައެވެ.
މި ސީރީޒް އިންވެސް ސީރީޒް އެކަކާއި އެއްގޮތަށް އެންމެ މޮޅު ތިން ޓީމު ހޮވާނެއެވެ. އެ ތިން ޓީމު އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕަށް ދަތުރު ކުރާނެއެވެ.
ރޯޑް ޓު އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް:
އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް އެކެއް ގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން 16 ޓީމެއް 3 ސެޕްޓެމްބަރ 2022 ފިނާލޭގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު، 3 ޓީމެއް ވަނީ މި އަހަރުގެ އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވެފައެވެ.
ފުރަތަމަ ސީރީޒުން މޮޅުވެފައިވާ ޓީމްތައް
ޗެމްޕިއަން ޓީމް: އާރް ޖީސީ ޑެނޯ
2 ވަނައަށް މޮޅުވި ފަރާތް: ކޭއެޗް އީސްޕޯޓްސް
3 ވަނައަށް މޮޅުވި ފަރާތް: އެލްއެންއެން ސްޕީޝީސް
އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ދެން ކޮލިފައިވާނީ މިހާރު ކުރިއަށްދާ ކޮންޓެންޑަރ ސީރީޒް ދެއަކުން ހޮވޭ އެންމެ މޮޅު ތިން ޓީމެވެ.
އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް ތިނެއްގައި ވާދަކޮށް އެންމެ މޮޅު ތިން ޓީމުވެސް އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ މި އަހަރު އޮކްޓޯބަރު މަހުއެވެ.
އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓް: ގައި ވާދަކޮށް އެންމެ މޮޅު 7 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ މި އަހަރު ނޮވެމްބަރު މަހުގައެވެ.
އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް: 100،000 ރުފިޔާ ގެ ޕްރައިޒް ޕޫލަށް 16 ޓީމުން ވާދަކުރާނެއެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ މި އަހަރު ޑިސެމްބަރު މަހުގައެވެ.
އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް ދޭއް ފެށިގެން ކުރިއަށްދާއިރު ޕަބްޖީ ކުޅުމަށް ލޯބިކުރާ އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އުރީދޫ ޕަބްޖީ ޑާޓާ ޕެކްސް އިހްތިޔާރުކުރައްވައިގެން ފަސް ނަސީބުވެރިއަކަށް ވީއާރް ކެފޭގައި އެއް ގަޑިއިރުގެ ވީއާރް ސެޝަނެއް ލިބިގެންދާ ޕްރޮމޯޝަނެއްވެސް އުރީދޫއިން އަންނަނީ ކުރިއަށްގެންދަމުންނެވެ. މި އޮފަރ ކުރިއަށްދަނީ އަންނަ އޮކްޓޯބަރ މަހުގެ ހަޔަކާއި ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް