ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިލަދުއްމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އުތީމަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ރައީސްގެ ދަތުރުފުޅުގައި އުތީމަކީ ތިން ވަނަ މަންޒިލެވެ. އެ ރަށަށް ވަޑައިގެންނެވުމުގެ ކުރިން މިއަދު އެމަނިކުފާނު ވަނީ ހދ. ނައިވާދޫ އާއި ފިނޭއަށް ވަޑައިގެން ސަރުކާރުން ކުރިޔަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކެއް އިފްތިތާހު ކޮށްދެއްވާފައި އެވެ.
ރައީސް އުތީމަށް ވަޑައިގެންނެވީ މިއަދު ހަވީރު އެވެ. އެމަނިކުފާނަށް މަރުހަބާ ދެން ނެވުމުގެ ގޮތުން އުތީމު ބަނދަރުގައި ސަގާފީ އައިޓަމެއް ހުށަހަޅައި ދިނުމުގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މަރުހަބާ ކިޔުމަށް ގޮސް ތިއްބެވެ.
https://twitter.com/presidencymv/status/1574388506113150979
ތާރީހީ އުތީމަކީ މިއަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ފާހަގަ ކުރާ ރަށެވެ. މާދަމާ ފާހަގަ ކުރާ ގައުމީ ދުވަހުގެ ހަރަކާތްތައް މިރޭ އެ ރަށުގައި ފަށާއިރު މާދަމާގެ ނިޔަލަށް ބާއްވާ ހުރިހާ ހަރަކާތްތަކެއްގައި ރައީސް ބައިވެރިވެ ވަޑައިގެންނަވާނެ އެވެ.
ރައީސް ސޯލިހު އުތީމަށް ކުރައްވާ ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނަވަ އެވެ.
އުތީމަށް ފަހުު ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި މާދަމާ އެމަނިކުފާނު ވަޑައިގެންނަވާނީ ދިއްދޫއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް