ޓްރީ ޓޮޕް ހޮސްޕިޓަލުން ތެލެސީމިއާ ޕެކޭޖު ތައާރަފްކޮށްފިއެވެ.
ތެލެސީމިއާ ބައްޔަކީ ލޭގައި ހިމެނޭ ހީމަގްލޯބިން ފުރިހަމައަށް އުފައްދައި ނުދިނުމުގެ ސަބަބުން މުޅި އުމުރަށް މީހާ ލޭއަޅަންޖެހޭ ބައްޔެކެވެ. މި ބައްޔަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ތެލެސީމިއާ ޕެކޭޖުން ލިބޭ ހިދުމަތްތަކަކީ
ތެލެސީމިއާ ސްކްރީނިންގެ ޕެކޭޖް
- މި ޕެކޭޖު ފަރުމާ ކޮށްފައިވަނީ ތެލެސީމިއާ ޓެސްޓު އަލަށް ހަދަން ބޭނުންވާ މީހުންނަށެވެ.
- ކުރީބައިގަ ސްކްރީން ކުރުމަކީ ތެލެސީމިއާ ބަލި ހުރިތޯ ބެލުމަށް މުހިންމުކަމެކެވެ. އާއިލާއެއް ފެށުމަށް ތައްޔާރުވަމުންދާއިރު ތެލެސީމާއާ ސްކްރީން ކުރުމަކީ މުހިންމުކަމެކެވެ.
ތެލެސީމިއާ ޗެކް-އަޕް ޕެކޭޖް
- ތެލެސީމިއާ ބަލި ޖެހިފައިވާ މެހެމާނުންނަށް މި ބަލި މެނޭޖް ކުރުމަށާއި، ޗެކްއަޕެއް ހެދުމަށް ބޭނުންވާ މެހެމާނުންނަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.
- މި ޕެކޭޖުތަކުގެ އިތުރުން، ތެލެސީމިއާ ހުންނަށް ބޭފުޅުންނަށް، އަޔަން ކިލޭޝަން ތެރަޕީ އިތުރު ހިދުމަތްތެއް ގޮތުގައި ފޯރުކޮށްދެއެވެ.އަޔަން ކިލޭޝަން އަކީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ހަށިގަނޑުގައި އިތުރަށްވެފައި ހުރި އަޔަން ބޭރުކުރުމަށް ދެވޭ ފަރުވާއެކެވެ.
ތެލެސީމިއާކީ ދަތި އުދަގޫތަކާއި ކުރިމަތިވުން ގާތް ބައްޔެކެވެ. ބަލިން ރައްކާތެރި ވެވޭނޭގޮތްތައް އޮޅުން ފިލުވައި ސްކްރީންކުރުމަކީ މުހިންމުކަމެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް