ދުނިޔޭގައި މަޝްހޫރު އިސްލާމް ދީނުގެ އިލްމުވެރިޔާ މުފްތީ މެންކް އަނެއްކާވެސް ރާއްޖެ ވަޑައިގެންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދިވެހިންގެ މެދުގައިވެސް މަގުބޫލު އިލްމުވެރިޔާ މުފްތީ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28-31 ގެ ނިޔަލަށެވެ.
އޭނާ ރާއްޖެ ވަޑައިގެންނަވަނީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށެވެ.
އެ މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މުފްތީގެ މި ދަތުރުގައި ރައްޖޭގެ ތިން ސިޓީއެއްގައި ދީިނީ ދަރުސް ދެއްވާނެ އެވެ. އެއީ މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީ އެވެ.
މީގެ ކުރިން މުފްތީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް މި ތިން ސިޓީގައި ދީނީ ދަރުސް ދެއްވާފައިވެ އެވެ.
އެންމެ ފަހުން މުކްތީ މެންކް ރާއްޖެ ވަޑައިގެންނެވީ 2020 ވަނަ އަހަރު އެވެ. އެ ދަތުރުގައި މާލޭގެ އިތުރުން ކުޅުދުއްފުށީ ސިޓީ އާއި އައްޑޫ ސިޓީގައި ދަރުސް ދެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް