ޕޯޗުގަލް މީޑިއާއިން ރޮނާލްޑޯއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި

އެންމެ ފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ޗެކް ރިޕަބްލިކް އާއި އެކު ކުޅެ 0-4 ގެ ނަތީޖާއިން މޮޅުވި މެޗުގައި ގޯލެއް ކާމިޔާބު ކުރެވިފައި ނުވާކަމަށް ބުނެ ޕޯޗުގަލް މީޑިއާގައި އެގައުމުގެ ތަރި ކްރިސްޓިއާނޯ ރޮނާ...

26 Sep 2022 | 13:16

އެންމެ ފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ޗެކް ރިޕަބްލިކް އާއި އެކު ކުޅެ 0-4 ގެ ނަތީޖާއިން މޮޅުވި މެޗުގައި ގޯލެއް ކާމިޔާބު ކުރެވިފައި ނުވާކަމަށް ބުނެ ޕޯޗުގަލް މީޑިއާގައި އެގައުމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ވެސް ޖާގަ ނުލިބި ބެންޗުގައި އިންނަން ޖެހިފައިވާ ރޮނާލްޑޯގެ ފަރާތުން ފެންނަމުން ދަނީ މާ އެދޭކުޅުމެއް ނޫންކަން ފާހަގަކުރަމުން ޕޯޗުގަލްގެ މީޑިއާގައި ބުނެފައިވަނީ އެންމެ ފަހުން ޗެކް ރިޕްބަލިކާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ވެސް ރޮނާލްޑޯއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާކަމަށެވެ.

އެ މެޗުގައި ހަތަރު ލަނޑު ޕޯޗުގަލް އިން ޖެހި އިރު ރޮނާލްޑޯއަށް އެންމެ ލަނޑެއް ވެސް ޖެހިފައި ނުވާކަން ފާހަގަކުރަމުން އެކަމަށް ޕޯޗުގަލްގެ މީޑިއާތަކުގައި ބުނެފައިވަނީ މިހާރު ޕޯޗުގަލް އަށް ރޮނާލްޑޯގެ ބޭނުމެއް ނެތްކަމަށެވެ. އަދި ރޮނާލްޑޯއާއި ނުލާވެސް ޕޯޗުގަލްއަށް ކާމިޔާބު ހޯދޭނެ ކަމަށެވެ.

ޕޯޗުގަލްގެ ދުވަހު ނޫހެއް ކަމުގައިވާ އޭބޯލާއިން އާންމުކުރި ރިޕޯޓެއްގައި ރޮނާލްޑޯއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، އެ ނޫހުގައި އާންމުކުރި މި ރިޕޯޓުގެ ހެޑްލައިނުގައި ވަނީ “ލެސް ރޮނާލްޑޯ، މޯރ ޕޯޗުގަލް”މިހެންނެވެ. ރޮނާލްޑޯގެ ކުޅުމުގެ ފެންވަރު ދައްވުމާއި ފަހަކަށް އައިސް ރޮނާލްޑޯގެ ފަރާތުން ފެންނަމުންދާ ދައްކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ރިޕޯޓުގައި ބުނެފައިވަނީ ރޮނާލްޑޯގެ ސަބަބުން ބްރޫނޯ ފަރްނާންޑޭސްއަށް އެކަމުގެ ނުފޫޒު ބޮޑުވެ ފެނާންޑޭޒްގެ ކުޅުންވެސް ފަޑުވަމުން އަންނަކަމަށެވެ.

އަދި މާދަމާ ރޭ ސްޕެއިންއާ ދެކޮޅަށް ކުޅޭ ނޭޝަންސް ލީގު ގުރޫޕުގެ ފަހު މެޗުގައި ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ނުހިމެނުމަށް ވެސް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް އަށް ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް