މި ސަރުކާރުން ފިނޭގައި ކުރިއަށް ގެންދިޔަ ބޮޑު ތިން މަޝްރޫއެއް ނިންމައި އިސްތިތާހު ކޮށްފި

މި ސަރުކާރުން ހދ. ފިނޭގައި ކުރިޔަށް ގެންދިޔަ ބޮޑު ތިން މަޝްރޫއުއެއް ނިންމައި ރަސްމީކޮޮށް އެ ހިދުމަތް އިފްތިތާހު ކޮށްފި އެވެ. މި މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ...

26 Sep 2022 | 11:34

މި ސަރުކާރުން ހދ. ފިނޭގައި ކުރިޔަށް ގެންދިޔަ ބޮޑު ތިން މަޝްރޫއުއެއް ނިންމައި ރަސްމީކޮޮށް އެ ހިދުމަތް އިފްތިތާހު ކޮށްފި އެވެ.

މި މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވީ ހދ. އަދި ހއ ގެ ހަތަރު ރަށަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިފްތިތާހުކޮށް ހުޅުވައި ދެއްވީ އާ އިންޖީނުގެ އާއި އިންޖީނުގޭގެ އޮފީސް އިމާރާތެވެ. އޭގެ ފަހުން ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމްވެސް ރައީސް އިފްތިތާހުކޮށްދެއްވި އެވެ.

ފިނޭއަކީ އަބާދީގައި އެންމެ600 މީހުން ތިބި ރަށެކެވެ.

ފިނޭގައި ކުރިން ހުރި އިންޖީނުގެ އަކީ 18 އަހަރުވީ އިންޖީނުގެ އެކެވެ. ރަށުގެ މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި، އިންޖީނުގެ ހުރުމުން އިންޖީނުގެ އަޑާއި، އަރާ ދުމާއި، ގެނދަބުޅީގެ ސަބަބުން އާއްމު ރައްޔިތުންނަށް އޮތީ އެކަން ވަރަށް ބޮޑު ތަކްލީފަކަށް ވެފައެވެ. ފިނޭގައި ޢިމާރާތްކުރި އާ އިންޖީނުގެއިން، 570 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭއިރު، ރަށުގެ ކަރަންޓް ނެޓްވޯރކް ވެސް ވަނީ މުޅިން ބަދަލުކޮށްފައެވެ.

ފިނޭގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގައި ބަލަހައްޓާނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފިނޭގައި މި އަހަރުގެ އޮގަސްޓް މަހު ފެނުގެ ޚިދުމަތް ދޭން ފަށާފައިވާއިރު، މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ނަރުދަމާގެ ޚިދުމަތް ވެސް ދޭން ފަށާފައެވެ.

މި ދަތުރުފުޅުގައި ރައީސް ދެން ވަޑައިގެންނަވާނީ ހއ. އުތީމަށެވެ. އެ ރަށުގައި މާދަމާ ފާހަގަ ކުރާ ގައުމީ ދުވަހުގެ ޖަލްސާ އާއި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު މާދަމާ އެ އަތޮޅު ދިއްދޫއަށް ވަޑައިގެންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް