އެމްބީސީ ގްރޫޕާއި ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) ގުޅިގެން "ސައުދީ އައިޑަލް" ބާއްވަން ތައްޔާރުވަމުން އެބަދެ އެވެ.
މިއީ ސައުދީގައި މި ފަދަ ލަވަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. ސައުދީ އައިޑަލްގެ ޝޯަތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހު އެވެ.
އޭގެ ކުރިން އޮޑިޝަން އާއި ޝޯތައް އޮކްޓޯބަރު މަހު ޝޫޓް ކުރަން ފަށާނެ ކަމަށް ޖީއީއޭ އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެ އެވެ.
މި ޝޯގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވާނީ ސައުދީ އާއި ޔަމަނަށް ނިސްބަތްބވާ ލަވަކިޔުންތެރިޔާ އަސީލް އަބޫ ބަކުރާއި ޔޫއޭއީގެ ލަވަކިޔުންތެރިޔާ އަހްލާމް އާއި ސީރިއާގެ ލަވަކިޔުންތެރިޔާ އަސާލާގެ އިތުރުން އިރާގާއި ސައުދީ ނިސްބަތްވާ މިއުޒިކް ކޮމްޕޯޒަރު މަޖީދް އަލް މޯހަންދިސް އެވެ.
އައިޑަލް ފްރެންޗދދައިސް އަކީ އިނގިރޭސިވިލާތުގެ ޓީވީ ޕްރޮޑިއުސަރު ސިމޯން ފުލާ2001 ވަނަ އަހަރު އުފައްދަން ފެށި ލަވަ ކިޔުންތެރިން އުފެއދުމުގެ މުބާރާތެކެވެ. އެގައުމުގައި އެންމެ ފުރަތަމަ މި މުބަރާތް ބޭއްވި ބްރިޓިޝް "ޕޮޕް އައިޑަލް"ގެ ނަމުގައި އެވެ.
އެގެ ފަހުން ދުނިޔޭގެ އެކި ގައުމުތަކުގައި މި ފްރެންޗައިސްގެ މުބާރާތްތައް ބާއްވާފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކަން އައިޑަލް، އޮސްޓްރޭލިއަން އައިޑަލް، އިންޑިއަން އައިޑަލް، ސިންގަޕޯ އައިޑަލް އަދި މޯލްޑިވިއަން އައިޑަލް ހިމެނެ އެވެ.
ސައުދީ އައިޑަލް ބާއްވަން ތައްޔާރުވަމުން މިދަނީ ސައުދީގައި މުނިފޫހިފިލުމުގެ ހަރަކާތްތައް އިތުރު ކުރުމަށް ވަލީއަހުދު މުހައްމަދު ގެންގުޅުއްވާ އަމާޒުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް