ލަގެޖުގައި ބަޑިއެއް އޮވެދާނެ ކަމަށް ބުނި މީހަކު ހަނިމާދޫ އެއާޕޯޓުން ހައްޔަރު ކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓުގައި ހުރި މީހެއްގެ ލަޖެޖުގައި ބަޑިއެއް އޮވެދާނެ ކަމަށް ބުނުމުން ހައްޔަރު ކޮށްފި އެވެ. ސިވިލް އޭވިއޭޝަން ގާނޫނު ބުނާގޮތުން އެފަދަ ވާހަކަ އެއާޕޯޓުތަކާއި ފްލައިޓުތަކުގައ...

26 Sep 2022 | 10:36

ހދ. ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓުގައި ހުރި މީހެއްގެ ލަޖެޖުގައި ބަޑިއެއް އޮވެދާނެ ކަމަށް ބުނުމުން ހައްޔަރު ކޮށްފި އެވެ.

ސިވިލް އޭވިއޭޝަން ގާނޫނު ބުނާގޮތުން އެފަދަ ވާހަކަ އެއާޕޯޓުތަކާއި ފްލައިޓުތަކުގައި ދެއްކުމަކީ ގާނޫނީ ކުށެކެވެ. އެއީ މަޖަލަކަށްވެސް ދައްކައިގެން ވާނެ ވާހަކަތަކެއް ނޫނެވެ.

މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ހަނިމާދޫން މައުލޫމާތުދިން މީހުން މީޑިއާގައި ބުނެފައިވަނީ އެ މީހާ ހައްޔަރުކުރީ ލަގެޖު ނެރެނިކޮށް، ބަޑިއެއް ވެސް އޮވެދާނެތީ އެ ރަނގަޅަށް އެ ފާސްކުރަން ބުނުމުންނެވެ. އެމީހަކީ ހަނިމާދޫއަށް ނިސްބަތްވާ މީހެކެވެ.

މިދިޔަ ހަފްތާގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައި އެވެ. އުމުރުން ދުވަސްވީ ދެ ފިރިހެނުން ހައްޔަރު ކުރީ ބޮމެއް އޮތް ކަމަށްބުނެ މަޖަލަކަށް ވާހަކަ ދެއްކުމުންނެވެ.

ފަހުން އެ ދެމީހުން ވަނީ ދޫކޮށްލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް