ނައިވާދޫ ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހު ކޮށްފި

ހދ. ނައިވާދޫ ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ. ރަސްމީކޮށް ހިދުމަތް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވީ ހއ. ހދ އަތޮޅުގެ ހަތަރު ރ...

26 Sep 2022 | 08:42

ހދ. ނައިވާދޫ ފެނުގެ ނިޒާމް ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

ރަސްމީކޮށް ހިދުމަތް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވީ ހއ. ހދ އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެވެ.

މި މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މިއީ 15.3 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

މިއީ މި ސަރުކާރުން ފެށި މަޝްރޫއު އެކެވެ.

ނައިވާދޫ ފެނުގެ ނިޒާމުގެ ދަށުން 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އަޅައި، ދުވާލަކު 40 ޓަނުގެ ފެން އުފައްދާ 2 އާރުއޯ ޕްލާންޓް ބަހައްޓާފައިވެއެވެ. އަދި ފެން ރައްކާކުރުމަށް 185 ޓަނުގެ 2 ތާންގީ އާއި ވާރޭފެން ރައްކާކުރުމަށް 150 ޓަނުގެ ތާންގީއެއް ބަހައްޓާފައިވެއެވެ.

މީގެ އިތުރުން 174 ގޭގެއަށް ފެނުގެ ކަނެޝަން ގުޅައިދީފައިވެއެވެ.

ރައީސް ސޯލިހު މިއަދު ފެއްޓެވި ދަތުރުފުޅުގައި ދެން ވަޑައިގެންނަވާނީ އެ އަތޮޅު ފިނޭ އަށެވެ. އޭގެ ފަހުން މިރޭ ހއ. އުތީމަށް އަދި މާދަމާ ހއ. ދިއްދޫއަށް ވަޑައިގެންނަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް