މާ ގިނައިން ކިރު ބޯނަމަ ސިއްޚީގޮތުން ގިނަ މައްސަލަތަކާއި ކުރިމަތިވޭ - ދިރާސާ

މާގިނައިން ކިރު ބުއިމުން ސިއްޚީގޮތުން ގިނަ މައްސަލަތައް ކުރިމަތިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުން މާ ގިނައިން ކިރު ބުއިމުން ހަޖަމުގެ މައްސަލަ ދިމާވާއިރު، ބަނޑު ފުއް...

26 Sep 2022 | 07:42

މާގިނައިން ކިރު ބުއިމުން ސިއްޚީގޮތުން ގިނަ މައްސަލަތައް ކުރިމަތިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން މާ ގިނައިން ކިރު ބުއިމުން ހަޖަމުގެ މައްސަލަ ދިމާވާއިރު، ބަނޑު ފުއްޕުމާއި ބަނޑުގައި ރިއްސުމުގެ އިތުރުން ބޭރަށް ހިންގުންފަގަ ބަލިތަކާއި ކުރިމަތިލާން ޖެހެއެވެ. މިކަމުގެ ސަބަބުން ސިއްޚީ އެތަކެއް މައްސަލަތަކަކާއި ކުރިމަތިލާން ޖެހޭކަމަށް މި ހޯދުމުގައި ބުނެފައިވެއެވެ.

މާ ގިނައިން ކިރުބުއިމުން ދިމާވެދާނެ ބައެއް ކަންތަކުގެ ތޭގައި

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ގިނައިން ކިރު ބުއިމަކީ ސިއްޚަތައް ބޮޑެތި ފައިދާތަކެއް ކުރާކަމެއް ކަމަށެވެ. ދެތެކެވެ. ކިރަކީ ގިނަ އަދަދަކަށް ކެލްސިއަން މިނެރަލްސް ފަދަ މާއްދާތައް އެކުލެވޭ ފައިދާހުރި ބާވަތަކެވެ. އެހެން ނަމަވެސް ވިސްނާލަން ޖެހޭ މުހިންމު ކަމަކީ ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ޖެހޭކަމެކެވެ. ކިރަކީ ފައިދާހުރި ބާވަތަކަށް ވީނަމަވެސް އެ ބޭނުންކުރަން ވެސް ވަކި މިންގަނޑެއް، ހަމައެއް އޮވެއެވެ. އެގޮތުން ދުވާލަކަށް ވަކިވަރަކަށް ވުރެ އިތުރަށް ކިރުބޯނަމަ އެކަމުގެ ގެއްލުން ސިއްޚަތަށް ކުރެއެވެ.

އެގޮތުން 2014 ވަނަ އަހަރު ހޯދިހޯދުންތަކުން އެނގުނު ގޮތުގައި ދުވާލަކަށް ތިން ތަށްޓަށްވުރެ ގިނައިން ކިރުބޯނަމަ ހިތުގެ ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. އެގޮތުން ދިމާވާ ބައެއް މައްސަލަތަކުގެ ތެރޭގައި ހިތަށް ލޭ ދައުރުކޮށްދޭ ނާރުތަކުގެ ހިނގުން ދައްވުންފަދަ މައްސަލަތައް ކުރިމަތިވާކަމަށް މި ހޯދުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ހޯދުންތައް ހޯދުމުގައި އިސްކޮސް އުޅުއްވި ސްވިޑިސް ޕްރޮފެޝަރެއް ކަމުގައިވާ ކަރުލް މިކޭލްސަން ހާމަކުރި ގޮތުގައި މާގިނައިން ކިރު ބޯނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ވެސް 44 އިންސައްތައަށް ބޮޑުކޮށްދެއެވެ. އޭނާ ހާމަކުރި ގޮތުގައި ކިރުގައި ހުންނަ ލެކްޓޯސް މާއްދާއަކީ ހަޖަމުކުރަން އުނދަގޫތަކާއި ކުރިމަތިވާ ބާވަތުގެ މާއްދާއެކެވެ. އެހެން ކަމުން ލެކްޓޯސް ނަމަކަށް ކިޔާ މި މާއްދާ އެކުލެވޭކިރުގެ ސަބަބުން ހަޖަމުކުރުމުގެ މައްސަލައިގެ އިތުރުން ހަމުގެ ތަފާތު މައްސަލަތައްވެސް ކުރިމަތިވާކަމަށް ޕްރޮފެޝަރު މިކޭލްސަން ވިދާޅުވިއެވެ.

ކިރު ބޭނުންކުރަން ޖެހެނީ ކިހާވަރަކަށް ؟

ޕްރޮފެޝަރ ކަރުލް މިކޭލްސަން ހާމަކުރި ގޮތުގައި ކިރުބުއިމުގައި އެންމެ ރަނގަޅު ގޮތަކީ ކޮންމެ ދުވަހަކުވެސް ގިނަވެގެން ތިން ތަށިކިރު ބޭނުންކުރުމެވެ. ދުވާލަކަށް ތިން ތަށި ކިރަކީ އިންސާނަކަށް އެއިން އެންމެ ރަނގަޅު ފައިދާ ކުރާނެ ގޮތްކަމަށް ކަރުލް މިކޭލްސަން ވިދާޅުވެފައިވެއެވެ. ސަބަބަކީ ކިރާއި ޑެއިރީ އެހެނިހެން ކިރުގެ އުފެއްދުންތަކަކީ ކެލްސިއަމް، ފޮސްފަރަސްގެ މާއްދާތައް ގިނައިން އެކުލެވިގެން ވާތީ އެވެ. ވިޓަމިން އޭ، ވިޓަމިން ޑީ، ރައިބޯފްލެވިން، ވިޓަމިން ބީ12، ޕްރޮޓީން، ޕޮޓޭސިއަމް، ޒިންކް، ކޮލިން، މެގްނީޒިއަމް، އަދި ސެލެނިއަމް ވެސް ކިރުގައި އެކުލިވެގެން ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް