ރަންދިހަ ފަހެއް ނޫޓު ސީރީޒްގެ ތެރޭގައި ހިމެނޭ50 ރުފިޔާގެ ނޫޓު އަލުން ޗާޕު ކޮށްފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭއިން ކުރި އިއުލާނެއްގައި ބުނީ50 ރުފިޔާގެ ނޫޓު އަލުން ޗާޕު ކުރަން ނިންމީ ސްޓޮކް މަދުވެގެން ކަމަށެވެ. އަލުން ޗާޕުކޮށްގެން50 ރުފިޔާގެ ނޫޓު ރާއްޖެ ގެނައީ އިއްޔެ އެވެ.
އެފައިސާ އަދި ހުރީ ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައި ކަމަށް އެމްއެމްއޭއިން މައުލޫމާތުދެ އެވެ. އެކަމަކު އަލަށް ޗާޕު ކުރި ފައިސާގެ އަދަދު ހާމައެއް ނުކުރެ އެވެ.
ރަންދިހަ ފަހެއް ނޫޓު ރާއްޖޭގައި ބޭނުން ކުރަން ފެށި2016 ވަނަ އަހަރު އެވެ.
ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ޕޮލިމާ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް