ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ޖޭއެމްސީ ޕްރޮޑަކްޓްސް އާއި އެކު އެއްބަސްވުމުގއި ރޭ ވަނީ ސޮއިކޮށްފައި އެވެ.
މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ136.6 މިލިއަން އެމެރިކާ ޑޮލަރަށެވެ. މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުންނެވެ.
މިއީ މާލެ އިން ބޭރުގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު ސިނާއީ މަޝްރޫއެވެ.
އެ މަޝްރޫއުގެ ދަށުން 2،460 މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް