ބަނޑުބޮޑުވި ފަހުން ދަންވަރު ޕިއްޒާ ކާހިއްވާ އާލިއާއަށް އެންމެ މީރު ޕިއްޒާ ރޭގައި ލިބިއްޖެ!

މަންމައަކަށް ވާން އުޅޭ ބޮލީވުޑްގެ އެންމެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބަލިވެ އިން ފަހުން ދަންވަރު އަބަދު ޕިއްޒާ ކާހިއްވާ ވާހަކަ ހާމަ ކުރީ މިމަހު އެވެ. އެކަން ހާމަކޮށް އޭނާ ވަނީ މުމްބާއީގައި އެންމެ މީރު...

26 Sep 2022 | 05:11

މަންމައަކަށް ވާން އުޅޭ ބޮލީވުޑްގެ އެންމެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބަލިވެ އިން ފަހުން ދަންވަރު އަބަދު ޕިއްޒާ ކާހިއްވާ ވާހަކަ ހާމަ ކުރީ މިމަހު އެވެ.

އެކަން ހާމަކޮށް އޭނާ ވަނީ މުމްބާއީގައި އެންމެ މީރުކޮށް ޕިއްޒާ ހަދާ ތަންތަނުގެ މައުލޫމާތު ދިނުމަށް ސަޕޯޓަރުންގެ ކައިރިން އިންސްޓަގްރާމް މެދުވެރިކޮށް އެދިފަ އެވެ.

އޭގެ ފަހުން ރޭ އާލިއާ ވަނީ އޭނާއަށް މިހާތަނަށް ކެވުނު އެންމެ މީރު ޕިއްޒާ ކެވިއްޖެ ކަމަށް ބުނެފައި އެވެ. އިންސްޓަގްރާމް ސްޓޯރީގައި އާލިއާ ވަނީ އެ ޕިއްޒާގެ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ.

އަދި ބުނެފައިވަނީ އެ ޕިއްޒާ ފޮނުވައިދިނީ ޝިލްޕާ ޝެޓީ ކަމަށެވެ. އެކަމަކު އެއީ ކޮންކަހަލަ ޕިއްޒާއެއް ކަމެއް ނުބުނެ އެވެ.

އާލިއާއަށް އެންމެ މީރީ އިޓާލިއަން ޕިއްޒާގެ ވައްތަރުތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް