އިންޑިއާގެ ފިލްމީ ތަރި ހީނާ ހާން އަނެއްކާވެސް ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.
މިފަހަރު އޭނާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ރ. އަތޮޅުގައި ހިންގާ ހެރިޓަންސް އާރަށުގައި އެވެ. ހީނާ ދަނީ އެހެން ދަތުރުތަކެކޭ އެއްގޮތަށް މި ދަތުރުގެ ފޮޓޯތައްވެސް އިންސްޓަގްރާމްގައި އޭނާގެ ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ.
މި ދަތުރުގައި ހީނާ އައިސް އުޅެނީ ލޯބިވެރިޔާ ރޮކީ އާއި އެކު އެވެ. މި ދެމީހުން މީގެ ކުރިންވެސް ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައިސްފައިވެ އެވެ.
ދަތުރުގައި މިހާތަނަށް ހީނާ ވަނީ މަސް ދަތުރެއް ގޮސްފައި އެވެ. އަދި ރިސޯޓުުން ތައްޔާރު ކުރާ މީރު ކާއެއްޗެހީގެ ފޮޓޯތަކެއް ދައްކާލާފައިވެ އެވެ.
https://www.instagram.com/p/Ci7ehHYLDsc/
ހީނާގެ ޕޯސްޓުތަކަކީ އެތައް މިލިއަން ބަޔަކު އަބަދުވެސް ބަލާ ޕޯސްޓުތަކެކެވެ. އޭނާގެ އިންސްޓަގްރާމް 17.3 މިލިއަން މިހުން ފޮލޯ ކުރެ އެވެ.
ހީނާ ދިވެހިންގެ މެދުގައި މަޝްހޫރުވީ ސްޓާ ޕްލަސްއިން ދައްކާ " ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުޅުނު ރޯލުންނެވެ. ފަހުން އޭނާ ވަނީ "ކަސައުޓީ ޒިންދަގީކީ2"ން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް