ރާއްޖޭގައި ސަފީރުކަން ކުރެއްވި މިޔަންމާގެ އޯ ތުއޭންގެ ގަޔަށް ބަޑިޖަހައި މަރާލައިފި

2010 ވަނަ އަހަރު، ރާއްޖެއަށް މިޔަންމާއިން ކަނޑައެޅި ސަފީރުކަން އަދާކުރެއްވި، އެ ގައުމުގެ ވެޓެރަން، ޔޫ އޯ ތުއޭން ގެ ބޮލަށް ބަޑި ޖަހާ މަރާލައިފިއެވެ. އެ ގައުމުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި އޯ ތ...

26 Sep 2022 | 02:06

2010 ވަނަ އަހަރު، ރާއްޖެއަށް މިޔަންމާއިން ކަނޑައެޅި ސަފީރުކަން އަދާކުރެއްވި، އެ ގައުމުގެ ވެޓެރަން، ޔޫ އޯ ތުއޭން ގެ ބޮލަށް ބަޑި ޖަހާ މަރާލައިފިއެވެ.

އެ ގައުމުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި އޯ ތުއޭން އޭނާގެ ގެކޮޅުގައި އުޅުއްވަނިކޮށް މަރާލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ހަމަލާގެ ޒިންމާ އިންޔާ އާބަން ފޯސް ނަމަކަށްކިޔާ ގެރިއްލާ ހަނގުރާމަވެރި ގްރޫޕަކުން ވަނީ އުފުލާފައެވެ.

އުމުރުން 72 އަހަރުގެ އޯ ތުއޭން މަރާލާފައިމިވަނީ އެ ގައުމުގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލައި މިދިޔަ ފެބްރުއަރީ މަހު ގެނައި ބަގާވާތަކުން ވެރިކަންކުރަމުން އަންނަ އަސްކަރީ ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ.

ރާއްޖެ، ލަންކާ އަދި ބަންގްލަދޭޝްގެ އިތުން ދެކުނު އެފްރިކާގައިވެސް މިޔަންމާއިން ކަނޑައަޅާ ސަފީރުކަން ކުރެއްވި އޯ ތުއޭން ރާއްޖެއަށް އެ ގައުމުން ކަނޑައެޅުއްވީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދެވެ. ސަފީރުކަމުގެ ފަތްކޮޅު އޯ ތުއޭން އެރުއްވީ ރައީސް ނަޝީދުގެ އަތްޕުޅަށެވެ.

އޯ ތުއޭންގެ ގެކޮޅަށް ދިން ހަމަލާގައި އޭނާގެ އިތުރުން އޭނާގެ ދަނބިދަރިވެސް މަރާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް