މިއަދު ހެނދުނު އަޑިއަށް ސަފާރީ އަޑިއަށް ދިޔަ ސަރަހައްދުން ތަކެތި އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.
މޫސުން ގޯސްވެ ކަނޑުގަދަވުމުން ސަފާރީ ދިޔަވެ އަޑިއަށް ދިޔައީ ހެނދުނު8:39 ހާއިރު އެވެ. މި ހާދިސާގައި ހަތް މީހަކު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައ އިރު އޭގެ ތެރެއިން އެކަކު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ.
"ހޭންޑީ ކްރޫޒާ" ކިޔާ އެ ސަފާރީއަޑިއަށް ދިޔައީ ކ.ތިލަފުށީ ހުޅަނގުދެކުނުން ހަތަރު ނޯޓިކަލް މޭލުން (ވާދޫ ކަނޑު) ގެ ސަރަހައްދުންނެވެ.
އެމްއެންޑީއެފުން ބުނީ އޭގައި ހުރި ބައެއް މުދާތައް އޮޔާދަމުން ދަނީ އެ ސަރަހައްދުން އިރަަށެވެ، ޚާއްޞަގޮތެއްގައި ރޭގަނޑު މިސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް