ސާފް ޗެމްޕިއަންޝިޕަށް ނަގާ ރާއްޖޭގެ ގައުމީ ސްކޮޑް ފައިނަލް ކޮށްފި

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ނަގާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް ފައިނަލްކޮށްފިއެވެ. އަންނަ އޮކްޓޫބަރ މަހުގައި ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ނަގާ ގައުމީ ސްކޮޑް އިއުލާން...

26 Sep 2021 | 17:21

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ނަގާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް ފައިނަލްކޮށްފިއެވެ.

އަންނަ އޮކްޓޫބަރ މަހުގައި ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ނަގާ ގައުމީ ސްކޮޑް އިއުލާން ކުރި އިރު، ގަތަރު ކޭމްޕުގައި ބައިވެރިވި ފަސް ކުޅުންތެރިއަކު ވަނީ ބާކީ ކޮށްފައެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނިމިގެން ދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު މާލޭގައި ގައުމީ ޓީމުން ފަރިތަކުރުންތައް ފެށީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކުގައެވެ. ނަމަވެސް ގަތަރު ކޭމްޕުގައި ބައިވެރިވުމަސް ގައުމީ ޓީމު ފުރީ އޭގެ ތެރެއިން ހަ ކުޅުންތެރިއަކު ބާކީ ކޮށް 29 ކުޅުންތެރިންނާއި އެކުގައެވެ. ނަމަވެސް މިހާރު މިވަނީ އޭގެ ތެރެއިން ފަސް ކުޅުންތެރިއަކު ބާކީ ކޮށް 24 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާން ކޮށްފައެވެ. ގައުމީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގައެވެ.

ގަތަރުގައި ކޭމްޕަ ކުރި 29 ކުޅުންތެރިންގެ ސްކޮޑުން ބާކީކޮށްފައިވަނީ އަލީ ޝާމިސް (ތޮއްޕޭ) އާއި، އަޙްމަދު އަބްދުﷲ (ލިލީ) އާއި، މޫސާ ޔާމީން (ޔާމްބެ) އާއި، މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) އަދި ޒުވާން ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އެވެ.

ފައިނަލް ސްކޮޑުގައި ހިމަނާފައިވާ 24 ކުޅުންތެރިންނަކީ

ގޯލްކީޕަރުން: މުޙައްމަދު ފައިސަލް, މުޙައްމަދު ޝަފީއު (ޗެކް)، އަލީ ނާޖިހު

ޑިފެންޑަރުން: އަޙްމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އަކުރަމް އަބްދުލް ޣަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، ގާސިމް ސައްމާމު (ސައްމެ)

މިޑްފީލްޑަރުން: އަސްހަދު އަލީ (އަޑުބަރޭ)، އިބްރާހިމް އައިސަމް، މުޙައްމަދު އުމެއިރު، ހުސެއިން ނިހާން (ނިހާޓް)، ހަމްޒާ މުޙައްމަދު (ހަމްޕު)، އިސްމާޢީލް އީސަ (މެސީ)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)

ފޯވާޑުން: ހަސަން ރާއިފް އަޙްމަދު (ހަންނަ)، މުޙައްމަދު ނާއިމް، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)، ނާއިޒު ހަސަން (ދާދު)، އަލީ ހައިޝަމް (ޗުމްޕު)

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުރިޔަށް ދާނީ އަންނަ އޮކްޓޫބަރު މަހުގެ1 އިން16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗު ކުޅޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެރޭ ނޭޕާލާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް