ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ޕޮޒިޓިވް ވީ 72 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ.
އެ އިދާރާއިން ބުނީ މިއަދު ޕޮޒިޓިވްވެފައިވަނީ މާލެއިން 31 މީހުންނާއި އަތޮޅުތަކުން 36 އަދި ރިސޯޓުތަކުން 4 މީހުންނާއި ލައިވް ބޯޑުން އެކަކު ކަމަށެވެ.
މިއަދުގެ އަދަދާއެކު ރާއްޖެއިން މިހައިތަނަށް 84،362 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެެވެ. އަދި ރާއްޖެއިން ކޮވިޑު ބައްޔަށް ފަރުވާކޮށް ފަސޭހަވެފައިވާ މީހުންގެ އަދަދަކީ 82،567 މީހުން ނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާ އިރު، 20 މީހަކު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 1،551 އެވެ.
ރާއްޖެއިން ކޮވިޑު ބަލީގައި މިހައިތަނަށް މަރުވެފައިވަނީ 2321 މީހުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް