ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮޓޮމޭޓެޑް ކާރު ދޮންނަ ތަނަކާއި އަމިއްލަ އަށް ވެހިކަލަށް ތެޔޮ އަޅާ ސްޓޭޝަނެއް ތަރައްޤީކުރުމަށްޓަކައި ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ވިލާ ކުންފުނިން މިއަދު އެއްބަސް ވުމެއްގައި ސަޮއި ކޮށްފިއެވެ.
މި މަސައްކަތައް އަމަލީ ސިފަ އައުމުން މި ތަން ވެގެން ދާނީ ރާއްޖޭގައި ތަރައްޤީކުރާ މިފަދަ ފުރަތަމަ ފިއުލް ސްޓޭޝަނަށެވެ.
ފިއުލް ސުޓޭޝަނަކާއި އަމިއްލަައަށް ކާރުދޮވެވޭ ފެސިލިޓީއެއް ގާއިމު ކުރުމަށްޓަކައި 7،386 އަކަފޫޓުގެ ބިން ކަނޑައަޅާފައިވާއިރު ފިއުލް ސްޓޭޝަނާއި މައިނަރ ރިޕެއަރ ގަރާޖަށް ހަމަޖައްސާފައިވަނީ 10،179 އަކަފޫޓުގެ ބިމެކެވެ.
އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ. ވިލާގެ ފަރާތުން ސޮއި ކުރީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ސިޔާން އެވެ.
މި މަސައްކަތަކީ ނުވަ މަސް ދުވަސް ތެރޭގައި ނިންމައި ހިންގުމަށް ހަވާލުކުރެވުނު މަޝްރޫޢެކެވެ.
https://twitter.com/hdcmaldives/status/1442111419147636739?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1442111419147636739%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Ftwitframe.com%2Fshow%3Furl%3Dhttps%3A%2F%2Ftwitter.com%2Fhdcmaldives%2Fstatus%2F1442111419147636739
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް