މިޝަން ފޮރ މައިގްރަންޓް ވޯކާރސް މޯލްޑްވްސްގެ ޑިޖިޓަލް ޕާރޓްނަރަކަށް އުރީދޫ!

މިޝަން ފޮރ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އެންޖީއޯގެ ޑިޖިޓަލް ޕާރޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ޕަރޓްނަރޝިޕްއެއް މިއަދު ގާއިމްކޮށްފި އެވެ. އުރީދޫ މޯލްޑިވްސްގެ ސީއެސްއާރްގެ ދަށުން މި ގާއިމްކުރ...

26 Sep 2021 | 16:47

މިޝަން ފޮރ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އެންޖީއޯގެ ޑިޖިޓަލް ޕާރޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ޕަރޓްނަރޝިޕްއެއް މިއަދު ގާއިމްކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއެސްއާރްގެ ދަށުން މި ގާއިމްކުރެވުނު ޕާރޓްނަރޝިޕްގެ މަގްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ހައްގުތަކަށް މި ކުރެވޭ މަސައްކަތުގައި ބައިވެރިވެ ޑިޖިޓަލް ޕާރޓްނަރ ގެ ގޮތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

" ކުރިއަށް އޮތްތަނުގައި މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އާއި އެކު ފައިދާ ހުރި މުހިންމު ޕްރޮޖެކްޓްތަކާއެކު ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމީ އަޅުގަނޑުމެންގެ އުއްމީދު" ނިޔާޒު ވިދާޅުވި އެވެ.

މި އެއްބަސްވުމާއިގުޅޭގޮތުން މިޝަން ފޮ މައިގްރަންޓް ވޯކާރސްގެ ކޯ ފައުންޑަރ އަދި ޕްރެޒިޑެންޓް، ޑރ. މިނާހް ފާއިޒް ރަޝާދު ވިދާޅުވީ އުރީދޫ މޯލްޑިވްސް ޑިޖިޓަލް ޕާރޓްނަރެއްގެ ގޮތުގައި ގުޅިވަޑައިގަތުމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މީގެ އިތުރުން ދެފަރާތުގެވެސް ތަސައްވަރާއި، ގަބޫލުކުރާ އުސޫލުތަކާ އެއްގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ފާގަތިކަމެއް ހޯދާދިނުމަށް މި ކުރާ މަސައްކަތް މި ޕަރޓްނަރޝިޕާއެކު އިތުރަށް ފުޅާވެ ގިނަ ފަރާތްތަކަކަށް އެހީ ފޯރުކޮށްދެވިގެން ދާނެކަމީ ޔަގީންކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިންވެސް އުރީދޫ މޯލްޑިވްސްއިން ވަނީ މިޝަން ފޮރ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އާއިއެކު ބިދޭސީންނަށް މީލް ޕެކް ފޯރުކޮށްދީފަ އެވެ. މި އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު 100 މީލް ޕެކް ފޯރުކޮށްދީފައި ވެއެވެ.

މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް ހައްލު ހޯދާދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ރެޖިސްޓަރ ކުރެވިފައިވާ ފުރަތަމަ އެންޖީއޯ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް