ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ބަރަހަނާ ފިލްމު އުފައްދާ ކަމަށް ބުނާ މައްސަލައިގަ މާ ގިނަ ސުވާލު ކުރާތީ އެންމެ ފަހުން އޭނާ ރުޅިއަތުވެއްްޖެ އެވެ.
މިދިޔަ ޖުލައި 19 ވަނަ ދުވަހު އެ މައްސަލައިގަ ރާޖް ހައްޔަރު ކުރުމަށް ފަހު މިދިޔަ ހަފްތާގައި ދޫކޮށްލީ ކަފާލާތުގެ ދަށުން ކޯޓަށް 50،000 އިންޑިއަން ރުޕީސް ދެއްކުމުންނެވެ. އެ މައްސަލަގަނޑުގެ ތެރޭގައި ޝިލްޕާގެ އަގު ވެއްޓުމުން އޭނާ ވަނީ ރާޖް އާއި ވަކިވާން ނިންމާފައިވާ ކަމަށް ގާތް މީހަކު މެދުވެރިކޮށް މީޑިއާގައި ހާމަކޮށްފަ އެވެ.
ރާޖް ހައްޔަރު ކުރީންސުރެ މީޑިއާއަށް އޭނާއަށް ކުރަމުންދާ ސުވާލުތަކާއި ގުޅިގެން ފަހުން އާންމުކޮށް ބޭރަށް ނުކުމެއް ޝިލްޕާއެއް ނޫޅެ އެވެ. އެކަމަކު މި ފަހުން ނޫސްވެރިން އަނެއްކާވެސް ވަނީ ހަފްލާއެއްގެ ތެރޭއިން އޭނާއަށް އެ ސުވާލުތައް އަމާޒުކޮށްފަ އެވެ.
އެތަނުގައި ސުވާލު ކުރުމުން ޝިލްޕާ އެންމެ ފަހުން ވަނީ ރުޅިއައިސްފަ އެވެ. ޝިލްޕާ ވަނީ ރާޖް އޮރިޔާން ފިލްމު އުފެއްދި ވާހަކަ އޭނާ ކައިރީ އަހަނީ އޭނާ އަކީ ރާޖް ކަމަށް ހީކޮށްތޯ ސުވާލުކޮށްފަ އެވެ، ނުވަތަ އޭނާގެ މޫނުމަތިން ރާޖްގެ ސިފަ ފެންނަނީތޯ ސުވާލުކޮށްފައިވެ އެވެ.
ޝިލްޕާ ބުނީ ގަބޫލު ކުރާ ގޮތުގައި އެހެން މީހުން ކުރާ ކަންކަމުގެ ވާހަކަ އޭނާ ދައްކާކަށް ނުވަތަ އެކަންކަމަށް ޖަވާބުދާރީވެ މީހުންނަށް ބުނެދޭކަށް ނުޖެހޭނެ އެވެ.
ބަރަހަނާ ފިލްމު އުފެއްދި ކަމަށް ބުނާ މައްސަލައިގަ ކޯޓަށް ރާޖް ދޫކޮށްލަން މަޖުބޫރުވީ ދިފާއީ ހެކިންގެ ވާހަކަތަކުންނެވެ. ރާޖް ގެވަކީލު ކޯޓުގައި ބުނީ އޮންލައިން އެޕްލިކޭޝަން އަކީ ރާޖްގެ އެއްޗަކަށް ވިޔަސް ސައިޓަށް ބަރަހަނާ ވީޑިއޯ އަޕްލޯޑު ކުރަނީ ނުވަތަ އެކަން ކުރަން މައުސްއަށް ކްލިކް ކުރަނީ ރާޖް ކަން ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ
އަދި ފުލުހުން ހޯދާފައިވާ 100 އެތައް ސަފްހާއެއްގެ ހެކީގައިވެސް އެ ވީޑިއޯތައް ސައިޓަށް ލަނީ ރާޖް އަށް އެނގިގެން ނުވަތަ އޭނާގެ ބެލުމުގެ ދަށުން ކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެތް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް