އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ އެޕާޓީގެ ތެރޭގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނެތް ކަން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނު ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ކަމަށް ބުނެފަ އެވެ. އެކަމަކު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމަނިކުފާނު ތާއީދު ކުރެއްވި ކެންޑިޑޭޓުންނެއް ނޫނެވެ.
އިންތިހާބުގެ ނަތީޖާ އާއި ގުޅުވައި މަވޯޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުން ފެނުނީ ނިޒާމު ބަދަލު ކުރަން އެ ޕާޓީ ގްރާސްރޫޓް މެންބަރުން ބޭނުން ނުވާ ކަން ކަމަށެވެ. އަދި ނިޒާމުގެ ވޯޓެއް ނެގިޔަސް ރިޔާސީ ނިޒާމު ކުރި ހޯދާނެ ކަން ކަށަވަރު ކަމަށް އޭނާ ވިދާޅުވި އެވެ.
މަވޯޓާ އިތުރަށް ވިދާޅުވީ އިއްޔެގެ އިންތިހާބުގެ ނަތީޖާއަކީ ނިޒާމީ ވޯޓެއް ނެގި ފަހުން މިދިޔަ 12 އަހަރުގެ ތެރޭގައި އެއްވެސް ކަމެއް ބަދަލު ނުވާ ކަމުގެ ހެއްކެއް ކަމަށެވެ. އިތުރަށް ވިދާޅުވީ ގިނަ މީހުން އަދިވެސް ގަބޫލު ކުރަނީ ބަރުލަމާނީ ނިޒާމަށް ވުރެ ރިޔާސީ ނިޒާމު ރަނގަޅު ކަމަށެވެ.
https://twitter.com/AdduShareef/status/1442088447104065542
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު ވާދަ ކުރެއްވި ކެންޑިޑޭޓުންނެވެ. އެކަން ނޫސްތަކުގައި ފާހަގަ ކުރާތީ ނަޝީދުގެ ތާއީދާއި އެކު ނުކުތް ކެންޑިޑޭޓުންނާއި މަޖިލީސް މެމްބަރުން ގެންދަވަނީ ނޫސްވެރިން ގޯސްކޮށް ޓުވީޓުތައް ކުރައްވަމުންނެވެ.
އަދި ނަޝީދުވެސް ވަނީ ބަރުލަމާނީއަށް ާއީދު ކުރި ގިނަ ކެންޑިޑޭޓުންތަކެއް އިންތިހާބު ކާމިޔާބު ކުރި ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް